މާލޭގެ 'ޑްރަގް ކެފޭ' އެއްގެ ތެރޭގައި ޒަހަމްތަކަކާއެކު މަރުވެފައި އޮތް މީހަކު ފެނިއްޖެ

މާލޭގެ 'ޑްރަގް ކެފޭ' އެއްގެ ތެރޭގައި ޒަހަމްތަކަކާއެކު މަރުވެފައި އޮތް މީހަކު ފެނިއްޖެ

2 months ago - 20:56
Advertisement
Advertisement

މާލޭގައި ވިޔަފާރި އުސޫލުން މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާ ކަމަށް ބެލެވޭ 'ޑްރަގް ކެފޭ' އެއްގެ ތެރޭގައި، ޒަހަމްތަކަކާ އެކު މަރުވެފައި އޮތް މީހަކު މިއަދު ފެނިއްޖެއެވެ.


މި ހާދިސާ ހިނގާފައިވަނީ ފާށަނާކިލެގެ މަގުގެ ހަނި ގޯޅިއެއްގެ ތެރޭގައި ހުންނަ، މީހުން ދިރިނޫޅޭ ގެއެއް ކަމަށްވާ "ފްރެޝް ލައިޓް" ގައެވެ. އެ މީހާ މަރުވެފައި އޮއްވާ ފެނިފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑުން އެކިވަރުގެ ޒަހަމްތައް ފެންނަން ހުރި ކަމަށް މައުލޫމާތު ލިބެއެވެ.


މި ހާދިސާ ހިނގި ގެއަކީ ގަވާއިދާ ހިލާފަށް މަސްތުވާތަކެތި ބޭނުންކުރާ ތަނެއް ނުވަތަ 'ޑްރަގް ކެފޭ' އެއްގެ ގޮތުގައި ބޭނުންކުރަމުންދާ ތަނެއް ކަމަށް މައުލޫމާތު ލިބެއެވެ. މިކަމާ ގުޅިގެން ފުލުހުން މީގެ ކުރިންވެސް އެތައް ފަހަރަކު އެ ގެ ރެއިޑްކޮށް، ބަލައި ފާސްކޮށްފައިވާ ކަމަށް އެނގިފައިވެއެވެ.


މި މަރުގެ މައްސަލައާ ގުޅިގެން ފުލުހުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އަދި މިކަމާ ގުޅޭ އިތުރު ތަހުގީގުތައް ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement