ވެރިމީހާގެ މަސްއޫލިއްޔަތުތަކާ ބެހޭ ޚުޠުބާ ވޭތުވެދިޔަ ސަރުކާރުން ވަނީ ފޮރުވާފަ: މިނިސްޓަރ ޝަހީމް

ވެރިމީހާގެ މަސްއޫލިއްޔަތުތަކާ ބެހޭ ޚުޠުބާ ވޭތުވެދިޔަ ސަރުކާރުން ވަނީ ފޮރުވާފަ: މިނިސްޓަރ ޝަހީމް

މިނިސްޓަރ ވިދާޅުވީ ވޭތުވެދިޔަ ސަރުކާރުގައި 2 ޚުޠުބާއެއް ފޮރުވާފައިވާ ކަމަށް.

3 hours ago - 10:27
Advertisement
Advertisement

ވޭތުވެދިޔަ އެމް.ޑީ.ޕީ ސަރުކާރުގެ ފަސްއަހަރުގެ ތެރޭގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ހުކުރު ޚުތުބާ ތައްޔާރު ކުރުމުގައި ގެންގުޅޭ އުސޫލުތަކާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނުދާއިރާގެ މެންބަރު އިބްރާހީމް ހުސައިން ކުރެއްވި ސުވާލަކަށް މަޖިލީހުގެ ތަޅުމުގައި ޖަވާބު ދެއްވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވިދާޅުވީ ކިޔަން ޝެޑިއުލް ކޮށްފައި އޮތް ދެޚުޠުބާއެއް ކުރީގެ ސަރުކާރުން ފޮރުވާފައިވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އޭގެތެރެއިން އެއް ޚުޠުބާއަކީ ވެރިމީހާގެ މަސްއޫލިއްޔަތާ ގުޅޭ ޚުޠުބާއެއް ކަމަށާއި އަނެއް ޚުޠުބާއަކީ ރިބާ އާ ބެހޭ ގޮތުން ލިޔެފައިވާ ޚުޠުބާއެއް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އޭގެތެރެއިން އެއް ޚުޠުބާ ލިޔުއްވީ އަލްއުސްތާޒް އިބްރާހީމް ރަޝީދު މޫސާ ކަމަށާއި އަނެއް ޚުޠުބާ ލިޔުއްވި ބޭފުޅެއްގެ ނަން ހަނދާން ނެތް ކަމަށެވެ.

Advertisement
Advertisement

މިނިސްޓަރ ވިދާޅުވީ ފޮރުވާފައި އޮތް ދެޚުޠުބާވެސް މިދިޔަ އަހަރުގެ ތެރޭގައި ކިޔާފައިވާ ކަމަށްވެ.

"އަޅުގަނޑުމެން ދެންނެވީ ދީނުގައި އޮންނަ ކަމެއް ފޮރުވާފައި ބާއްވާކަށް ނުވާނޭ. އެވާހަކަ ޖެހޭނީ ކިޔަން. ޚުޠުބާތައް އިއްވަން ޖެހޭނޭ. އެހެންވީމާ ވެރިމީހާގެ މަސްއޫލިއްޔަތާ ގުޅޭ ޚުޠުބާވެސް ކީ. ރިބާގެ ޚުޠުބާވެސް އޮންނާނީ ކިޔާފަ" އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.

ރާއްޖޭގެ މިސްކިތްތަކުގައި ދެމުންދާ ޚުޠުބާ ތަކަކީ ފަހަކަށް އައިސް އެއިރެއްގެ ޙާލަތާ ގުޅޭ ގޮތުން ވަރަށް ޢިލްމީ ފެންވަރެއްގައި އެކުލަވާލާފައިވާ ޚުޠުބާތަކެއްކަން ޚުޠުބާތަކާ ގުޅޭ ގޮތުން މީސްމީޑިއާގައި އާންމު ރައްޔިތުން ކުރަމުންއަންނަ ކޮމެންޓުތަކުން ފާހަގަ ވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement