މިދިޔަ މަހު ރީޖަނަލް އޮފީސްތަކުން 815 ޕާސްޕޯރޓް ދޫކުރި- އިމިގްރޭޝަން
މިދިޔަ އޮގަސްޓް މަހު ރީޖަނަލް އޮފީސްތަކުން 815 ޕާސްޕޯޓް ދޫކުރި ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ. އެންމެ ގިނަ ޕާސްޕޯރޓް ދޫކުރި ރީޖަނަލް އޮފީހަކީ އައްޑޫ ސިޓީ މަރަދޫ އެވެ. މަރަދޫން 169 ޕާސްޕޯޓް ދޫކުރިއެވެ. ކުޅުދުއްފުށި ސިޓީން 151 ޕާސްޕޯޓް ދޫކުރިއެވެ. ފުވައްމުލައް ސިޓީން 86 ޕާސްޕޯޓް ދޫކުރިއެވެ. އަދި ތިނަދޫ ސިޓީން 83 ޕާސްޕޯޓް ދޫކުރިއެވެ. ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ އަތޮޅަކުންވެސް ޕާސްޕޯޓްގެ ޚިދުމަތް ލިބުމެވެ.
އިމިގްރޭޝަނުން ޢާއްމުކުރި ހިސާބުތަކުގައި ވާގޮތުން އޮގަސްޓް މަހު 3458 ޕާސްޕޯރޓް ދޫކުރިއެވެ. އޮގަސްޓް މަހު ޕާސްޕޯޓަށް އެދުނީ 3721 މީހުންނެވެ. މާލެ ސަރަހައްދުން މާލޭގެ އިތުރުން ހުޅުމާލެގެ ދެ ފޭސް އާއި އާއި ވިލިމާލެ އިންވެސް ވަނީ ޕާސްޕޯޓް ދޫކޮށްފައެވެ.
ރާއްޖޭގެ އިތުރުން މެލޭޝިޔާގައި ހުންނަ އިމިގްރޭޝަންގެ އޮފީހުންވެސް ވަނީ 24 ޕާސްޕޯޓް ދޫކޮށްފައެވެ.
ރިއެކްޝަންސް









