ކްރެޑިޓް ކާރޑް ލިމިޓް ބޮޑުކުރަން ނިންމެވިކަން ރައީސް އިއުލާނުކުރައްވައިފި
ޑޮލަރުގެ އަގު ތިރިކުރަން ދަނީ ފިޔަވަޅުތަކެއް އަޅަމުން

ކްރެޑިޓް ކާރޑް ލިމިޓް ބޮޑުކުރަން ނިންމެވިކަން ރައީސް އިއުލާނުކުރައްވައިފި

ލިމިޓް ބޮޑު ކުރާނީ އަންނަ އަހަރުގެ ފެބްރުއަރީން ފެށިގެން

6 months ago - 14:24
Sep 29, 2025 - 14:24
Advertisement
Advertisement

ކްރެޑިޓް ކާރޑް ލިމިޓް ބޮޑުކުރަން ނިންމެވިކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިއުލާނުކުރައްވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކްރެޑިޓް ކާޑް އިން މަހަކު ބޭނުންކުރެވޭ ޑޮލަރު ލިމިޓު ބޮޑު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން  ބޭންކް އޮފް މޯލްޑިވްސް ގެ ކްލެސިކް ކާޑުގެ ލިމިޓް 750 ޑޮލަރުން 1400 ޑޮލަރަށް. ބޮޑުކުރަން ނިންމަވާފައިވާ ކަމަށެވެ. ގޯލްޑް ކާޑުގެ ލިމިޓް 750 ޑޮލަރުން 1500 ޑޮލަރަށް، އަދި ޕްލެޓިނަމް ކާޑުގެ ލިމިޓް 1500 ޑޮލަރުން 2000 ޑޮލަރަށް ބޮޑު ކުރެވިގެންދާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޑޮލަރުގެ އަގު ތިރިކުރުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ. މިފިޔަވަޅުތަކާއެކު ޑޮލަރުގެ އަގު ތިރިވާނެކަމަށް ސަރުކާރުން ދެކެއެވެ. ބޭސްފަރުވާއަށް ދާ ފަރާތްތަކަށް ވިއްކާ ޑޮލަރުގެ އަދަދުވެސް ސަރުކާރުން ވަނީ އިތުރުކޮށްފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement