ކުޅުދުއްފުށި ސިޓީގެ މަގުތައް ހެދުމުގެ ތިންވަނަ ފޭސް ފަށައިފި
ކުޅުދުއްފުށި މަގު ހެދުމުގެ ތިންވަނަ ފިޔަވަހި ފަށަނީ: ފޮޓޯ-ރައީސް އޮފީސް

ކުޅުދުއްފުށި ސިޓީގެ މަގުތައް ހެދުމުގެ ތިންވަނަ ފޭސް ފަށައިފި

ގިނަ މަޝްރޫއުތަކެއް ވަނީ ހަވާލުކޮށްފަ

4 hours ago - 09:01
Aug 27, 2025 - 09:02
Advertisement
Advertisement

ކުޅުދުއްފުށި ސިޓީގެ މަގުތައް ހެދުމުގެ ތިންވަނަ ފޭސް ފަށައިފިއެވެ. ތިންވަނަ ފޭސް ފެށީ ރައީސުލްޖުމްހޫރިއްޔާ ތިލަދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުޅުދުއްފުށްޓަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ.

ކުޅުދުއްފުށި ސިޓީގެ މަގު ހެދުމުގެ މަސައްކަތް ކުރާނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިންނެވެ. ތިންވަނަ ފޭސްގެ މަސައްކަތް ފެށިއިރު ދެވަނަ ފޭސްގެ މަސައްކަތް ނުނިމެއެވެ. ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތުފް ވިދާޅުވީ ދެވަނަ ފޭސްގެ މަސައްކަތް ވަނީ ހުއްޓިފައި ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއުއްޒު ވިދާޅުވީ ތިންވަނަ ފޭސް ފެށިއަސް ދެވަނަ ފޭސްގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށެވެ. ދެވަނަ ފޭސްގެ ފައިސާގެ ކަންކަން ހަމަޖައްސާ, ފައިސާ ދޭންޖެހޭ ފަރާތްތަކަށް ދީފައިވާ ކަމަށް ވިދާޅުވިއެވެ.

ފޭސް 3 ގެ މަސައްކަތް ނިމޭނީ އަންނަ އަހަރުގެ ބަޖެޓުންވެސް ފައިސާ ހަމަޖެހިގެން އަންނަ އަހަރު ކަމަށް ރައީސް ވިދާޅުވިއެވެ. އެކަމަކު ވައުދާ އެއްގޮތަށް ހުރިހާ މަގެއް ހަދާ ނިންމަވާނެކަމުގެ ޔަގީންކަން ދެއްވިއެވެ. ކުޅުދުއްފުށި އެއަޕޯރޓް ޕެސެންޖަރ ޓަރމިނަލް ތަރައްޤީ ކުރުމުގެ މަސައްކަތްވެސް ރައީސްގެ ދަތުރުފުޅުގެ ތެރެއިން އެމްއޭސީއެލްއާ ހަވާލުކުރިއެވެ.

Advertisement
Advertisement

މީގެއިތުރުންވެސް ގިނަ ކަންތައްތަކެއް ކުޅުދުއްފުށީގައި ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. އޭގެތެރޭގައި ފުރިހަމަ ވޭސްޓް މެނޭޖްމަންޓް މަރުކަޒެއް ހެދުމަށް ނިންމާ އެކަމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ. ރައީސް ވިދާޅުވީ އަމަލީ މަސައްކަތް ފެށީ ފެށީ ހުރިހާ ކަމެއް ހަމަޖެހިގެން ކަމަށެވެ.

ބޭންކްގެ އިތުރު ބްރާންޗެއް ގާއިމް ކުރުމުގެ އަމަލީ މަސައްކަތްވެސް ވަނީ ފަށާފައެވެ. ކުޅުދުއްފުށި ސިޓީ ހޮސްޕިޓަލް ޓަރޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތަށް 10 ބުރީގެ އިމާރާތެއް ހުރިހާ ވަސީލަތެއް ހިމެނޭ ގޮތަށް ޑިޒައިން ކުރަން ބަޔަކު ހޮވާ ހަވާލުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އެމަސައްކަތުގައިވެސް ބަޖެޓްގެ އިޝުއެއް ނެތް ކަމަށް ވިދާޅުވިއެވެ. ޑިޒައިން ނިމޭއިރަށް އަމަލީ މަސައްކަތް ފައްޓަވާނެ ކަމަށް ވިދާޅުވިއެވެ.  އަދި މިހާރުން މިހާރަށްވެސް ހުރި ޖާގައިގެ ތެރޭން އިތުރުކުރެވޭނެ ކަންކަން ބަލާ އެކަންކަން ކުރަމުން ދާކަމަށް ރައީސް ވިދާޅުވިއެވެ.

ކުޅިވަރުގެ ދާއިރާއިން ކުޅުދުއްފިށި ސިޓީގައި ސްޕޯރޓްސް ކޮމްޕްލެކްސްގެ އެޅުމުގެ އެއްބަސްވުމުއްގައި ވެސް ވަނީ ސޮއިކޮށްފައެވެ. އެއީ އިންޑޯ ހުރިހާ ކުޅިވަރެއް ހިމެނޭ ގޮތަށް އަދި ކުޅި ބަލާ މީހުންނަށް 12000 ޖާގަ ހިމެނޭ ގޮތަށެވެ. އަދި ސިންތެޓިކް ޓްރެކްގެ އަމަލީ މަސައްކަތްވެސް އެންމެ ލަސްވެގެން މިއަހަރު ފައްޓަވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

ކުޅުދުއްފުށި ސިޓީގައި ބާއްވާ ބައިނަލްއަޤްވާމީ ބީޗް ހޭންޑްބޯޅަ މުބާރާތް ނިމޭއިރު އެސިޓީގައި ބީޗް ހޭންޑްބޯލް ސްޓޭޑިއަމްއެއް ހުންނާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement