ކުޅުދުއްފުށި ސިޓީ ޕޯޓްގެ އާ ޚިދުމަތްތައް ތަޢާރަފްކޮށްފި
ކުޅުދުއްފުށި ސިޓީ ޕޯރޓްގެ އާ ޚިދުމަތްތައް ތަޢާރަފްކުރަނީ: ފޮޓޯ-އެމްޕީއެލް

ކުޅުދުއްފުށި ސިޓީ ޕޯޓްގެ އާ ޚިދުމަތްތައް ތަޢާރަފްކޮށްފި

4 hours ago - 08:42
Aug 27, 2025 - 08:42

ކުޅުދުއްފުށި ސިޓީ ޕޯޓްގެ އާ ޚިދުމަތްތައް ތަޢާރަފްކޮށްފިއެވެ. އާ ޚިދުމަތްތައް ތަޢާރަފްކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ތިލަދުންމައްޗަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ ކުޅުދުއްފުށްޓަށް ވަޑައިގެން ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

އަލަސް ތަޢާރަފްކުރި ޚިދުމަތްތަކުގެ ތެރޭގައި ޑިއުޓީ ފްރީ ޒޯނެއް ގާއިމް ކުރުން ހިމެނެއެވެ. ކުޅުދުއްފުށި ސިޓީ ޕޯޓްގައި ވަނީ ކާބޯތަކެތީގެ މައިގަނޑު ބާވަތްތަކާއި އެހެން ބާވަތްތައް ރައްކާކުރާނެ ބޮންޑެޑް ސަރަހައްދެއް ޤާއިމްކޮށްފައެވެ. އެތަނުގައި ޑިއުޓީ ނުދައްކާ މުދާ ރައްކާކުރެވޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ. އުތުރުގެ ޓޫރިސްޓް ރިސޯރޓްތަކަށްވެސް ބޮންޑެޑް ހައުސްގެ ޚިދުމަތް ދޭނެއެވެ.

ޑޮމެސްޓިކް ވިޔަފާރިވެރިން މުދާ ބޭލުމަށް ޚާއްޞަ ތަނެއްވެސް ޕޯޓްގައި ވަނީ ގާއިމްކޮށްފައެވެ. އިމާރާތްކުރުމަށް ބޭނުންވާ ހިލައާއި ހިލަވެލި, ސިމެންތި ފަދަ ވާވަތްތައް ރައްކާކުރާނެ ތަނެއްވެސް މިހާރު ކުޅުދުއްފުށި ސިޓީގައި ވަނީ ގާއިމްކޮށްފައެވެ.

މޯލްޑިވްސް ޕޯރޓްސް ލިމިޓެޑުން ނެރުނު ބަޔާނެއްގައި ބުނީ އެއީ މިއަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހު އިކޮނޮމިކް މިނިސްޓްރީއާ އެކު ސޮއިކުރި އެއްބަސްވުމެއްގެ ދަށުން އިތުރުކުރި ޚިދުމަތްތައް ކަމަށެވެ.

Advertisement
Advertisement

ކުޅުދުއްފުށި ސިޓީގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޕޯޓަށް އިތުރުކުރި ޚިދުމަތްތަކާއެކު ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ. އަދި އެއާއެކު އިތުރު ބިން ލިބިގެން އިތުރު ޚިދުމަތްތަކާއި ކަންކަން ޕޯޓްގައި ކުރާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. ބިން ދެއްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި އެއާއެކު ޕޯޓް ފުލް ސްކޭލްގައި ތަރައްގީކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow