
އަންނަ އަހަރުގެ ބޮޑު ޗުއްޓީ ޑިސެމްބަރު މަހު, ކަލަންޑަރު ޢާއްމުކޮށްފި
އަންނަ އަހަރުގެ ބޮޑު ޗުއްޓީ ޑިސެމްބަރަށް ބަދަލުކޮށް, ދިރާސީ އަހަރުގެ އެކަޑަމިކް ކަލަންޑަރު އެޑިއުކޭޝަން މިނިސްޓްރީން ޢާއްމުކޮށްފިއެވެ. މިނިސްޓްރީން ޢާއްމުކުރި ވަގުތޫ ކަލަންޑަރުގައިވާ ގޮތުން 2026 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށޭނީ ޖެނުއަރީ 27 ވަނަ ދުވަހުއެވެ.
އަންނަ އަހަރުގެ ބޮޑު ޗުއްޓީ އޮތީ 18 ޑިސެމްބަރުން 12 ޖެނުއަރީ އަށެވެ. ފުރަތަމަ ޓަރމްގެ މިޑް ބްރޭކް އޮތީ 24-30 މެއި އަށެވެ. އަދި ފުރަތަމަ ޓަރމް ޗުއްޓީ އޮތީ 17 ޖުލައިން 1 އޮގަސްޓަށެވެ.
ދެވަނަ ޓަރމްގެ މިޑް ބްރޭކް ތާވަލްކޮށްފައި ވަނީ 13-19 ސެޕްޓެމްބަރަށެވެ. 2027 ވަނަ އަހަރު ސްކޫލްގެ ކިޔެވުން ފެށޭނީ ޖެނުއަރީ 17 ވަނަ ދުވަހު އެވެ.
ޑިސެމްބަރަށް ސްކޫލް ބޮޑު ޗުއްޓީ ބަދަލުކުރުމަކީ ރައީސް ޑރ.މުޙައްމަދު މުއިއްޒުގެ ވައުދެކެވެ. ކުރިން ޑިސެމްބަރަށް އޮތް ބޮޑު ޗުއްޓީ އަހަރު މެދަށް ބަދަލުކުރީ މިދިޔަ ސަރުކާރުންނެވެ.
ރިއެކްޝަންސް






