ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގައި އިންސާފް ގާއިމްކޮށްދޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި
ރައީސް މުއިއްޒު ޒަކިއްޔާގެ އާއިލާއާ ބައްދަލުކުރައްވަނީ:ފޮޓޯ-ރައީސް އޮފީސް

ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގައި އިންސާފް ގާއިމްކޮށްދޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

8 hours ago - 21:54
Jul 22, 2025 - 21:54
Advertisement
Advertisement

ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގައި އިންސާފް ގާއިމްކޮށްދޭނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ދެއްވައިފިއެވެ. އެމަނިކުފާނު މިޔަގީންކަން ދެއްވީ ނ.އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހޮޅުދޫއަށް ވަޑައިގެން ޒަކިއްޔާގެ އާއިލާއާ ބައްދަލުކުރައްވައެވެ.

ރައީސް ވިދާޅުވީ ނ.ހޮޅުދޫ، ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގައި ކަން ހިނގާދިޔަގޮތް ބެލުމަށާއި އިންސާފު ގާއިމު ކުރުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ. ރައީސް ހޮޅުދޫއަށް ފައިބާވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވަމުން ދިޔައިރު، ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގައި އިންސާފަށް ގޮވާލައި އެއްވެ ތިބި ރައްޔިތުންނާ އެމަނިކުފާނު ވަކިން ބައްދަލުކުރެއްވިއެވެ.

އެ ބޭފުޅުންނަށް ވަކިން ދައުވަތު ދެއްވައިގެން، ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި މި ބައްދަލުކުރެއްވުން އޮތީ ހޮޅުދޫ ކައުންސިލް އިދާރާގެ ކުރިމަތީގައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ބޭފުޅުންގެ ހުރިހާ ވާހަކަތަކެއް އަޑު އައްސަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުޢޫރު ފާޅުކުރި ރައްޔިތުންނާއި އަދި ޒަކިއްޔާ މޫސާގެ ޢާއިލާގެ ފަރާތުން ފާހަގަކުރި ކަންބޮޑުވުންތަކާ ގުޅިގެން އިތުރަށް ކަންކަން އޮޅުންފިލުއްވައިފައެވެ. އަދި ސަރުކާރުން ހުއްޓުމެއް ނެތި އެކަމުގައި މަސައްކަތް ކުރަމުން އަންނަކަންވެސް ސާފުކޮށްދެއްވައިފައެވެ. ރައީސްގެ ބައްދަލުކުރެއްވުމުގައި މިމައްސަލާގައި މީގެކުރިން ހޮޅުދޫއަށް ވަޑައިގެންނެވި ދާޚިލީ ވަޒީރު އަލީ އިހުސާންވެސް ހުންނެވިއެވެ.

Advertisement
Advertisement

ޒަކިއްޔާ މަރާލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގެއިން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. އެމަރާ ގުޅިގެން ހޮޅުދޫ ރައްޔިތުންގެ ކަންބޮޑުވުމާއި, ބިރުވެރިކަން އިންތިހާއަށް ބޮޑެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement