މެދުއިރުމަތީގެ ގައުމުތަކުގައި ދިރިއުޅޭ ދިވެހީންގެ ހާލަތު މިދަނީ ގާތުން ބަލަމުން- ފޮރިންގ މިނިސްޓަރ
ފޮރިންގ މިނިސްޓަރ ޚަލީލް

މެދުއިރުމަތީގެ ގައުމުތަކުގައި ދިރިއުޅޭ ދިވެހީންގެ ހާލަތު މިދަނީ ގާތުން ބަލަމުން- ފޮރިންގ މިނިސްޓަރ

4 hours ago - 09:13
Jun 24, 2025 - 09:13
Advertisement
Advertisement

މެދުއިރުމަތީގެ ގައުމުތަކުގައި ދިރިއުޅޭ ދިވެހީންގެ ހާލަތު ގާތުން ބަލަމުންދާކަމަށް ފޮރިންގ މިނިސްޓަރ ޑރ.ޢަބްދުالله ޚަލީލް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިފަދައިން ވިދާޅުވީ އިރާނުން ޤަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ އެއާބޭސްއަށް ހަމަލާ ދިނުމާ ގުޅިގެން މަޝްރަހު ގޯސްވުމުންނެވެ.

މިނިސްޓަރ ޚަލީލް ވިދާޅުވީ މެދުއިރުމަތީގެ މަސްރަހު ހޫނުވެފައިވާ މިދަނޑިވަޅުގައި، އެ ސަރަޙައްދުގެ ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންގެ ހާލަތު މިނިސްޓްރީން އަދި މިޝަންތަކުން ވަރަށްގާތުން ބަލަމުން ދާކަމަށެވެ. މިވަގުތު މި ސަރަޙައްދުގެ ބައެއް ޤައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައިވުމާއެކު، އެޤައުމުތަކުގައި ދިރިއުޅުއްވާ އަދި މިވަގުތު ޒިޔާރަތްކުރައްވަމުން ގެންދަވާ ދިވެހި ރައްޔިތުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް މިނިސްޓަރ ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި އެޤައުމުތަކުގެ ސަރުކާރުން ދެއްވާ އިރުޝާދާއި އެއްގޮތަށް އަމަލުކުރުމަށްވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ.

އެގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކުރުމަށްފަހު މިހާރު ބައެއް ގައުމުތަކުން ވަނީ ވައިގެ ސަރަހައްދު ހުޅުވާލާފައެވެ. އަދި އިޒްރޭލާ އިރާނުން ހަނގުރާމަ ހުއްޓާލަން އެއްބަސްވެއްޖެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement