މީޑިޔާ ކައުންސިލަށް މުޒައްޔިން, ލީވާން އަދި ވަޖުދާ
މީޑިޔާ ކައުންސިލަށް އިންތިޚާބުވި ތިން މެމްބަރުން: ފޮޓޯ-ހަތާވީސް

މީޑިޔާ ކައުންސިލަށް މުޒައްޔިން, ލީވާން އަދި ވަޖުދާ

ވަޖުދާ އިންތިޚާބުވީ އަމިއްލަ މެމްބަރުކަމަށް

10 months ago - 12:37
Jun 21, 2025 - 12:38
Advertisement
Advertisement

މޯލްޑިވްސް މީޑިޔާ ކައުންސިލްގެ ބައި އިލެކްޝަންތައް ކާމިޔާބުކޮށް މުޒައްޔިން ނާޒިމާއި, ލީވާން އަލީ ނަސީރު އާއި ހައްވާ ވަޖުދާ ކައުންސިލަށް އިންތިޚާބުވެއްޖެ އެވެ.

މިއަދު އޮތް ބައި-އިލެކްޝަން ކާމިޔާބުކޮށް ކައުންސިލަށް އިންތިޚާބުވި ލީވާން ވާދަކުރެއްވީ އަދަދުންނެވެ. އެންމެފަހުން އޮތް އިންތިޚާބުގައި އަދަދުގެ ފަރާތުން ވާދަކުރެއްވި ނޫސްވެރިޔާއަށް ކާމިޔާބުނުވިޔަސް މިފަހަރު އިންތިޚާބުވީ 48 ވޯޓުންނެވެ. މުޒައްޔިން ވާދަކުރެއްވީ ދައުރުންނެވެ. އޭނާއަށް 50 ވޯޓް ލިބުނެވެ. މީޑިޔާތަކުގެ ބައިން ދެއް ވާދަކުރެއްވި އެމްއެމްޓީވީގެ މިލްޒަމް އަށް ލިބުނީ 4 ވޯޓެވެ. ބައި-އިލެކްޝަންގައި އިންތިޚާބުކުރީ މީޑިޔާތަކުގެ ބައިން ދެ މެމްބަރުންނެވެ.

ވަޖުދާ އިންތިޚާބުވީ އަމިއްލަ މެމްބަރުންގެ ބައިންނެވެ. ކުރިން މީޑިޔާގައި މަސައްކަތްކުރެއްވި ވަޖުދާ 38 ވޯޓް ހޯދިއެވެ. އަމިއްލަ މެމްބަރުންގެ ބައިގަ މިއަދު އިންތިޚާބުކުރީ އެއް މެމްބަރެވެ. އަމިއްލަ މެމްބަރުކަމަށް ހަ ބޭފުޅުން ވާދަކުރެއްވިއެވެ.

ތިން މެމްބަރުން މިއަދު އިންތިޚާބުކުރުމުން މޯލްޑިވްސް މީޑިޔާ ކައުންސިލްގެ 15 މެމްބަރުން ހަމަވީއެވެ. މީޑިޔާ ކައުންސިލްގެ ދައުރަކީ ދެ އަހަރެވެ. އަހަރު ގުނަނީ މެމްބަރު އިންތިޚާބުވި ތާރީޚުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement