ކުރިއަށްއޮތް ސީޒަނުގެ ޕްރިމިއަރ ލީގު ހުޅުވާ މެޗުގައި ބައްދަލުކުރާނީ ލިވަޕޫލްއާ ބޯންމައުތު
ސޮލޮޓްގެ އިރުޝާދުގެ ދަށުން ލިވަޕޫލްއިން އެމީހުންގެ ފުރަތަމަ ޕްރިމިއަރ ލީގު އުފުާލަނީ. ފޮޓޯ:ޕްރިމިއަރ ލީގު

ކުރިއަށްއޮތް ސީޒަނުގެ ޕްރިމިއަރ ލީގު ހުޅުވާ މެޗުގައި ބައްދަލުކުރާނީ ލިވަޕޫލްއާ ބޯންމައުތު

އޯލްޑް ޓްރެފޯޑްގައި މެންޗެސްޓަރ ޔުނައިޓަޑް ގެ ފުރަތަމަ މެޗުގައި އާސެނަލް އާ ދެކޮޅަށް ނިކުންނާނެ

4 hours ago - 16:03
Jun 18, 2025 - 16:10

ކުރިއަށްއޮތް 26-2025 ސީޒަންގެ އިނގިރޭސި ޕްރިމިއަރ ލީގު ހުޅުވާ މެޗުގައި އެންފީލްޑްގައި ލިވަޕޫލްއާއި ބޯންމައުތު ބައްދަލުކުރާ ގޮތަށް ހަމަޖެހިއްޖެއެވެ. ލީގު ހުޅުވާ ހަފުތާގައި މެންޗެސްޓަރ ޔުނައިޓަޑުން އެމީހުންގެ ފުރަތަމަ މެޗުގައި އޯލްޑް ޓްރެފޯޑްގައި ނިކުންނާނީ އާސެނަލް އާ ދެކޮޅަށެވެ. 

އާނޭ ސްލޮޓްގެ އިރުޝާދުގެ ދަށުން ލިވަޕޫލް ކުޅުނު ފުރަތަމަ ސީޒަންގެ ތަށި ލިވަޕޫލް އުފުލާލާފައިވާއިރު, ތަށި ދިފާއުކުރުމަށް އަންނަ ސީޒަންގެ ފުރަތަމަ މެޗު ކުޅޭނީ އޯގަސްޓް 15 ވާ ހުކުރު ދުވަހުއެވެ. 

2017-16 ގެ ފަހުން ފުރަތަމަ ފަހަރަށް ޕްރިމިއަރ ލީގަށް ޕްރޮމޯޓްވި ސަންޑަލޭންޑްގެ ފުރަތަމަ މެޗުގައި އަމިއްލަ ދަނޑުގައި ބައްދަލުކުރާނީ ވެސްޓްހެމް ޔުނައިޓަޑްއާ ދެކޮޅަށެވެ. 

ޗެމްޕިއަންޝިޕް އުފުލާލި ލީޑްސް ޔުނައިޓަޑްގެ އަމިއްލަ ދަނޑުގައި ފުރަތަމަ މެޗުގައި މަރުހަބާ ކިޔާނީ އެވަރޓަން އަށެވެ. އަންނަ ސިޒަނުގައި އާ ކޯޗު ތޯމަސް ފްރޭންކް އިރުޝާދުގެ ދަށުން ނިކުންނަ މިދިޔަ ސީޒަންގެ ޔުރޮޕާ ލީގުގެ ޗެމްޕިއަން ޓޮޓެންހަމް ހޮޓްސްޕަރ ގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ބާންލީ އާއެވެ.

Advertisement
Advertisement

ޕެޕް ގާޑިއޯލާގެ މެންޗެސްޓަރ ސިޓީ, ގާޑިއޯލާއެކު ހޭދަކުރި އެންމެ ދަށް ސީޒަނަށްފަހު ކުރީގެ ކާމިޔާބީ ތަކުރާރުކުރަން ނިކުންނައިރު ފުރަތަމަ ބައްދަލުކުރަން ހަމަޖެހިފައި އޮތީ ވުލްވްސް އާއެެވެ. 

ޖުމްލަ 380 މެޗު ކުޅޭ ގޮތަށް ހަމަޖެހިފައި އޮތް ކުރިއަށް އޮތް ސީޒަނުގެ ޕްރިމިއަރ ލީގުގެ މެޗުތައް 33 ހަފްތާ ބަންދުގައި ކުޅޭގޮތަށް ހަމަޖެހިފާއިވާއިރު ލީގު ނިމޭނީ މެއި މަހު 24 ވަނަ ދުވަހުއެވެ. ފަސް ބުރެއްގެ މެޗުތައް ހަފުތާގެ މެދުތެރެއަށްވެސް ވަންނާނެއެވެ. ލީގުން ގަބޫލު ކުރާ ގޮތުގައި ފާއިތުވި ސީޒަން ނިމި އާ ސިޒަން ފެށުމާ ހަމައަށް ލިބޭ 82 ދުވަހުގެ ތެރޭގައި ކުޅުންތެރިންނަށް އަރާމުކުރަން  އެކަށީގެންވާ ވަގުތު ލިބޭނެއެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow