ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކުގެ މެދުގައި އަލުން ގުރުއަތު ނެގުން މިއަދު
އެންމެފަހުން ޢާއްމުކުރި ގުޅިފަޅު ލޭންޑް ޔޫސް ޕްލޭން

ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކުގެ މެދުގައި އަލުން ގުރުއަތު ނެގުން މިއަދު

ގުރުނަގަނީ މިއަދު މެންދުރުފަހު 2:30 ގައި

3 days ago - 07:27
May 30, 2025 - 07:27
Advertisement
Advertisement

ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކުގެ މެދުގައި އަލުން ގުރުއަތު ނެގުން މިއަދު ކުރިއަށްގެންދަން ނިންމައިފިއެވެ. ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ ގުރުއަތު ނެގުން މިއަދު 2:30 ގައި އުސްފަސްގަނޑުގައި އޮންނާނެ ކަމަށެވެ.

ގުރުއަތު ނަގަނީ މިނިސްޓްރީގެ މުވައްޒަފުންނެވެ. ނަމަވެސް އެމަންޒަރު ވަގުތުން ޕީއެސްއެމްއިން ދައްކާނެ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. އަލުން ގުރުއަތު ނަގަނީ ލޭންޑްޔޫޒް ޕްލޭނަށް އަނެއްކާވެސް ބަދަލުގެނައުމަށްފަހުއެވެ. މިނިސްޓްރީން ވިދާޅުވީ އަލުން ގުރުއަތު ނަގަނީ ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން" އަށް ބަދަލު ގެނެވި، އައު ލޭންޑް ޔޫސް ޕްލޭނެއް ތައްޔާރުކުރެވިފައިވާތީ، އެ ޕްލޭންއަށް ރިޢާޔަތްކޮށް ކަމަށެވެ.

އެހެންކަމުން، ބިންވެރިޔާ ސްކީމްގެ ދަށުން ކުރިން ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ސަރަޙައްދަށް ބަދަލު އައިސްފައިވުމުން، އައު ލޮޓް ނަންބަރެއް ކަނޑައެޅިގެންދާނެކަން ވަނީ ފާހަގަކުރައްވާފައެވެ.

އައު ލޭންޑްޔޫޒް ޕްލޭންގެ ދަށުން ގުޅީފަޅުން ދޫކުރާ ގޯތީގެ އަދަދާއި ބޮޑުމިނުގެ ތަފްޞީލް:

Advertisement
Advertisement

1250 އަކަފޫޓުގެ 684 ގޯތި

1650 އަކަފޫޓުގެ 1242 ގޯތި

2050 އަކަފޫޓުގެ 923 ގޯތި

2450 އަކަފޫޓުގެ 479 ގޯތި

2850 އަކަފޫޓުގެ 158 ގޯތި

3250 އަކަފޫޓުގެ 49 ގޯތި

 3650އަކަފޫޓުގެ 22 ގޯތި

މިނިސްޓްރީން ވިދާޅުވީ ގުރުނަގަމުންދާއިރު ހިޔާވެހި ޕޯޓަލްއިން ޕްލޮޓް އެލޮކޭޓްވާ ފަރާތްތައް ވަގުތުން ފެނި އެފަރާތްތަކަށް ވަގުތުން އެސް.އެމް.އެސްގެ ޒަރިއްޔާއިން މެސެޖް ލިބޭނެ ކަމަށެވެ.

ގޯތިލިބޭ ފަރާތްތަކުގެ ގުރުނަގާ ނިމުމުން، ގޯތިތަކުގެ ރަޖިސްޓްރީ އާއި ބިން ލިބޭ ފަރާތްތަކާއެކުވާ އެއްބަސްވުންތަކާގުޅޭ މަޢުލޫމާތު މި މިނިސްޓްރީ އިން ފަހުގެ ތާރީޚެއްގައި ޙިއްސާކުރާނެ ކަމަށް އެމިނިސްޓްރީން ކުރެއްވި ޢާއްމު އިއުލާނުގައި ވެއެވެ.

މިނިސްޓަރ ޑރ.އަބްދުالله މުއްޠަލިބު ވިދާޅުވީ މިމަހުގެ 15 ވަނަ ދުވަހު ގެޒެޓްކުރި އައު ލޭންޑް ޔޫސް ޕްލޭން

ހުށަހެޅުނު ޚިޔާލުތަކަށް ރިޢާޔަތް ކުރުމާއެކު، ގުޅިފަޅުން ގޯތިލިބޭ ފަރާތްތައް ތަމްސީލުކުރާ ޔޫނިއަންއާ މަޝްވަރާ ކުރެއްވި ކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement