އާދިއްތަ ދުވަހުން ފެށިގެން އައިނު ހައްދަން 2000 ރުފިޔާ ލިބޭނެ!
ޞިއްހަތު ދުވަހުގެ ޖަލްސާގައި ރައީސް ވާހަކަދައްކަވަނީ: ފޮޓޯ-ރައީސް އޮފީސް

އާދިއްތަ ދުވަހުން ފެށިގެން އައިނު ހައްދަން 2000 ރުފިޔާ ލިބޭނެ!

3 days ago - 07:11
May 30, 2025 - 07:11
Advertisement
Advertisement

އާދިއްތަ ދުވަހުން ފެށިގެން އައިނު ހައްދަން 2000 ރުފިޔާ ލިބޭނެކަން ރައީސުލްޖުމްހޫރިއްޔާ އިއުލާނުކުރައްވައިފިއެވެ. މިހާރު އައިނު ހައްދަން ލިބެނީ ކޮންމެ ދެ އަހަރަކުން އެއް އަހަރު 1000 ރުފިޔާއެވެ.

ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އައިނު ހައްދަން ކޮންމެ ދެ އަހަރަކުން އެއް އަހަރު އާސަންދައިން ދޭ 1000 ރުފިޔާގެ ބަދަލުގައި 2000 ރުފިޔާ ހަމަޖައްސަން ކަމާބެހޭ ފަރާތްތަކަށް ދަންނަވާފައިވާ ކަމަށެވެ. އެއީ އެމަނިކުފާނުގެ ރިޔާސީ ވައުދެއްކަން ފާހަގަކުރައްވާ ވިދާޅުވީ އެކަން ތަންފީޒުވެގެންދާނެ ކަމަށެވެ.

" އެއީވެސް މިގޮތަށް ސޭވްކުރާ ސޭވްކުރުން ބޭނުންކޮށްގެން ރައްޔިތުންނަށް ކޮށްދޭ ކަމެއް. އޭގެއިތުރަށްވެސް ކުރެވެންހުރި ކަންތައްތައް މިދަނީ ކުރަމުން." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެބަދަލު ގެންނަވަނީ އެކަމަށްޓަކައި ހަދަންޖެހޭ ހުރިހާ ހިސާބެއް ހަދާ ނިންމުމަށްފަހު ކަމަށެވެ. މީގެއިތުރުންވެސް ޑަޔަލިސް ރަށްތަކަށް އިތުރު ކުރުމާއި, ސިއްހީ މަރުކަޒުތައް އެޅުމާއި, ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތްތައް ކުރަމުން ގެންދަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. އެމަނިކުފާނު ދެއްވި އެންމެ ބޮޑު ޔަގީންކަމަކީ ޞިއްޙީ ދާއިރާގެ ތަރައްޤީއަށްޓަކައި ކުރަން ޖެހުނު ކޮންމެ މަސައްކަތަކަށް މި ސަރުކާރު ތައްޔާރަށް އޮތް ކަމުގެ ޔަގީންކަމެވެ.

Advertisement
Advertisement

އައިނު ހައްދަން ކުރަންޖެހޭ ބޮޑު ހޭދަޔާއެކު, އެކަމަށް އާސަންދައިން ލިބޭ އެހީތެރިކަން ކުޑަވުމަކީ ރައްޔިތުންގެ  އަހަރުތަކެއްވީ ޝަކުވާއެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement