ނެޓްފްލިސްއިން ދައްކާ ވިނީޝިއުސް ޖޫނިއަރ ގެ ޑޮކިއުމެންޓްރީ އާ ގުޅިގެން ވެލެންސިއާއިން  ޤާނޫނީ ފިޔަވަޅު އަޅަނީ!
މަސްޓެެއްލާގައި ވިނީޝިއުސްއަށް ނަސްލީގޮތުން ދިމާކުރި މެޗުގައި އޭނާ ދަނޑުމަތީގައި މަޑުކޮށްލައިގެން. ފޮޓޯ: ބީބީސީ

ނެޓްފްލިސްއިން ދައްކާ ވިނީޝިއުސް ޖޫނިއަރ ގެ ޑޮކިއުމެންޓްރީ އާ ގުޅިގެން ވެލެންސިއާއިން ޤާނޫނީ ފިޔަވަޅު އަޅަނީ!

7 hours ago - 13:25
May 20, 2025 - 13:29

ވިނީޝިއުސް ޖޫނިއަރ ގެ ފުޓްބޯޅަ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ, ނެޓްފްލިސްއިން ދައްކަމުން ގެންދާ ޑޮކިއުމެންޓްރީގައި 'ހަގީގަތާ ހިލާފް ވާހަކަތަކެއް' ހުރިކަމަށްބުނެ ވެލެންސިއާއިން ޤާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފިއެވެ. ވެލެންސިއާއިން ވަނީ ޑޮކިއުމެންޓްރީގެ ޕްރޮޑިއުސަރުންގެ ކިބައިން ޑޮކިއުމެންޓްރީގައި ހުރި ވާހަކަތައް ރަނގަޅު ކުރުމަށްވެސް އަންގާފައެވެ.

 ދުނިޔޭގެ އެކިކަންކޮޅުތަކަށް ފެންނަގޮތަށް މި ޑޮކިއުމެންޓްރީ ދައްކަންފެށީ ފާއިތުވި ހަފުތާގެ ތެރޭގައެވެ. ޑޮކިއުމެންޓްރީ އާ ގުޅިގެން ވެލެންސިއާއިން ހިތްހަމަ ނުޖެހިގެން އުޅެނީ ރެއާލް މެޑްރިޑްގެ ފޯވާޑް ވިނީޝިއުސްއަށް ވެލެންސިއާގެ މަސްޓެއްލާ ސްޓޭޑިއަމްގައި ދިމާވި ނަސްލީ ތަފާތުކުރުމުގެ ހާދިސާ ގެނެސްދީފައިވަނީ 'އެކަން ހިނގި ގޮތަށް ނޫން' ކަމުގައި ބުނެއެވެ.

ޑޮކިއުމެންޓްރީގެ އެއް ސީންގައި މަސްޓެއްލާ ސްޓޭޑިއަމްގައި މެއި 21, 2023 ގައި ރެއާލް މެޑްރިޑުން 1-0 ން ވެލެންސިއާގެ މައްޗަށް ކުރިހޯދި މެޗުގައި ހިނގާދިޔަ ކަންތައްތައް ގެނެސްދީފައި ވެއެވެ. އޭގެތެރޭގައި ވިނީޝިއުސް އަށް ނަސްލީގޮތުން ދިމާކުރި ވެލެންސިއާގެ ސަޕޯޓަރުންނާ ވިނީޝިއުސްއާ ދެމެދު ކުރިމަތިލުމެއް ހިނގާ މަންޒަރުވެސް ދައްކައެވެ.

މި ހާދިސާއާ ތަޙްގީގުކޮށް ވެލެންސިއާގެ ތިން ސަޕޯޓަރަކަށް ޖަލު ހުކުމެއް އިއްވާ ސްޓޭޑިއަމްތަކަށް ވަނުން މަނާކޮށްފައި ވެއެވެ. މިއީ ސްޕެއިންގެ ފުޓްބޯޅައިގެ ތާރީޚްގައިވެސް ސަޕޯޓަރުންގެ އަމަލުތައް ހުރިގޮތް ތަޙްގީގުކޮށް މިބާވަތުގެ އަދަބެއް ދިން ފުރަތަމަ ފަހަރެވެ.

Advertisement
Advertisement

ޑޮކިއުމެންޓްރީގައި މޯބައިލް ފޯނަކުން ނަގާފައިވާ ސްޕޯޓަރުންގެ ފޫޓޭޖެއް ވަނީ ހިމަނާފައެވެ. އަދި ސަޕޯޓަރުން ވިނީއަށް ރައްދުކޮށް 'މޯނޯ' ނުވަތަ މަަންކީ (ރާމާމަކުނު) ގޮވާ އަޑު ގެ ސަބްޓައިޓްލްވެސް ހިމަނާފައި ވެއެވެ. ނަމަވެސް ކްލަބް އަދި ސަޕޯޓަރުންވެސް ފަހުން ބުނެފައިވަނީ އެމީހުން ގޮވީ 'ޓޮންޓޯ' ނުވަތަ 'ސްޓްޕިޑް' (ގަމާރު) މިހެން ކަމުގައެވެ.

"މަސްޓޭއްލާ ގައި ހިނގި ހާދިސާ އާ ގުޅިގެން ހަގީގަތާ ހިލާފަށް އަދި ވެލެންސިއާގެ ސަޕޯޓަރުންނަށް ނާއިންސާފުން  ގެނެސްދީފައިވާ ވާހަކަތައް ޑޮކިއުމެންޓްރީން ލިޔުމުން ރަނގަޅުކުރަން ޕްރޮޑަކްޝަން ކޮމްޕެނީއަށް އަހަރެމެން އަންގަން. ޑޮކިއުމެންޓްރީން ފެންނަނީ އެކަން އަސްލު ހިނގި ގޮތެއް ނޫން. ހަގީގަތް އަދި އަހަރެމެންގެ ސަޕޯޓަރުންނަށް ލިބެންޖެހޭ އިޙްތިރާމް ނުދޭނަމަ ޤާނޫނީ ފިޔަވަޅު އެޅުމަށް ފަސްނުޖެހޭނަން" ހޯމަ ދުވަހު ވެލެންސިއާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. 

މަސްޓެއްލާގައި ހިނގި ހާދިސާއާ ގުޅިގެން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފުޓްބޯޅައަށް ލޯބިކުރާ މީހުން އެކަން ކުށްވެރިކޮށް ވިނީޝިއުސް އަށް ތާއީދުކޮށް ވާހަކަދައްކާފައި ވެއެވެ. އަދި ސްޕެެއިންގެ ފުޓްބޯޅަ ފެޑެރޭޝަނަށްވެސް އެބާވަތުގެ ކަންކަން ހުއްޓުވުމަށް ފިޔަވަޅުތައް އެޅުމަށްވެސް ގޮވާލާފައި ވެއެވެ

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow