މ.އަތޮޅުގެ ފުރަތަމަ އެއަޕޯރޓް ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވައިފި
ރައީސުލްޖުމްހޫރިއްޔާ މުލި އެއަޕޯރޓް ހުޅުއްވައިދެއްވަނީ: ފޮޓޯ-ރައީސް އޮފީސް

މ.އަތޮޅުގެ ފުރަތަމަ އެއަޕޯރޓް ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވައިފި

މ.އަތޮޅުގެ ފުރަތަމަ އެއަޕޯރޓް ހުޅުވީ މ.މުލީ ގައި

8 hours ago - 12:27
May 20, 2025 - 12:27
Advertisement
Advertisement

މ.އަތޮޅުގެ ފުރަތަމަ އެއަޕޯރޓް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ހުޅުއްވައިދެއްވައިފިއެވެ. މ.އަތޮޅުގެ ފުރަތަމަ އެއަޕޯރޓް ހުޅުވީ މުލީގައެވެ.

މުލީ އެއަޕޯޓަކީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެމްޓީސީސީއާ ހަވާލުކޮށްގެން ނިންމި އެއަޕޯޓެކެވެ. އެއަޕޯރޓް މުޅިން ނިންމާ ޓެސްޓް ފްލައިޓް ޖެއްސީ މިދިޔަ އޭޕްރީލް މަހުއެވެ. އެއަޕޯރޓް ފުރަތަމަ ހުޅުވަން ތާވަލްކުރީ މިމަހުގެ ފުރަތަމަ ދުވަހުއެވެ.

އެރަށުގައި އެއަޕޯރޓް އެޅީ ބިން ހިއްކައިގެންނެވެ. މުލީ އެއަޕޯޓަކީ 1200 މީޓަރުގެ ރަންވޭއެއް އޮތް އެތެރޭގެ ދަތުރުތަކަށް ޚާއްޞަ އެއަޕޯޓެކެވެ. ޒަމާނީ ޓާމިނަލްއަކާ އެކު ހުޅުވި އެއަޕޯރޓްގައި ޓެކްސީލައިންވެސް ހިމެނެއެވެ. މިއީ 300 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. 

ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓުން މުލީ އެއަޕޯޓަށް ދިއުމަށް ހޭދަވަނީ 30 މިނިޓެވެ. މިއެއަޕޯރޓް އޮޕަރޭޓް ކުރަނީ ރީޖަނަލް އެއަޕޯރޓްސް ކޮމްޕެނީންނެވެ. މުލީ އެއަޕޯޓަށް ދަތުރުކުރުމުގެ ފުރުޞަތު ވައިގެ ދަތުރުފަތުރުގެ ޚިދުމަތްދޭ ފަރާތްތަކަށް ހުޅުވާލުމުން ގައުމީ އެއަރލައިން މޯލްޑިވިއަންއިން ވަނީ ދަތުރުތައް ފަށަން ތައްޔާރުވެފައެވެ. މިހަފްތާގައި މޯލްޑިވިއަންގެ ދަތުރުތައް ފަށާނެއެވެ. ދަތުރުތައް ފަށާއިރު ފެއަރ އަގަކަށް ކަނޑައަޅާފައިވަނީ 999 ރުފިޔާއެވެ. އެކަމަކު ޢާއްމު އަގަކީ 1377 ރުފިޔާއެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement