އާރުޓީއެލް ފެރީގެ ޚިދުމަތް ފުޅާކުރަން އިންޑިޔާއިން 100 މިލިއަން ރުފިޔާގެ ހިލޭ އެހީ ދެނީ
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ދެ ވަޒީރުންނާއި, އިންޑިޔާ ސަފީރު: ފޮޓޯ-ފޮރިންގ މިނިސްޓްރީ

އާރުޓީއެލް ފެރީގެ ޚިދުމަތް ފުޅާކުރަން އިންޑިޔާއިން 100 މިލިއަން ރުފިޔާގެ ހިލޭ އެހީ ދެނީ

އެހީގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކުރައްވާފަ

2 months ago - 18:33
May 18, 2025 - 18:33
Advertisement
Advertisement

އާރުޓީއެލް ފެރީގެ ޚިދުމަތް ފުޅާކުރަން އިންޑިޔާއިން 100 މިލިއަން ރުފިޔާގެ ހިލޭ އެހީ ދޭން ނިންމާ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އެއްބަސްވުމުގައި މިއަދު ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޑރ. ޢަބްދުﷲ ޚަލީލާއި،މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީނެވެ. އިންޑިއާސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ހިސްއެކްސެލެންސީ ބާލަ ސްބަރަމާނިއަމް އެވެ.

މިއީ އިންޑިއާ ސަރުކާރުގެ "ގްރާންޓް އެސިސްޓެންސް ފޯ ހައި އިންޕެކްޓް ކޮމިއުނިޓީ ޑިވަލޮޕްމަންޓްޕްރޮޖެކްޓްސް" ގެ ދަށުން ދޭ އެހީއެކެވެ. މި އެހީގެ ފައިސާ ބޭނުންކުރާނީ ރާއްޖޭގެ އެކި ސަރަޙައްދުތައް ކަނޑު ދަތުރުފަތުރުން ގުޅުވާލުމަށް ޤާއިމުކުރެވޭ އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކް މަޝްރޫޢަށް ކަމަށް ސަރުކާރުން ވިދާޅުވިއެވެ.

އެހީގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޚަލީލް ވިދާޅުވީ، މި އެހީގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ. އަދި ރާއްޖޭގެ ތަރައްޤީއަށް އިންޑިއާއިން ދެއްވާ އެހީތެރިކަމަށް ވަޒީރު ޝުކުރު އަދާކުރެއްވިއެވެ.

Advertisement
Advertisement

އިންޑިއާގެ ސަފީރު ބާލަ ސްބަރަމާނިއަމް ވިދާޅުވީ، ދިވެހިރާއްޖޭގެ ތަރައްޤީއަށް އެހީތެރިވުމަކީ އިންޑިއާއިން އަބަދުވެސް އިސްކަންދޭ ކަމެއް ކަމަށެވެ. މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ސަފީރު ވިދާޅުވިއެވެ.

 

ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު އަމީން ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޒަމާނީ ފެންވަރުގެ ފެރީ ޓާމިނަލްތައް ޤާއިމުކުރެވި، އަދި ރަނގަޅު ފެންވަރުގެ އުޅަނދުފަހަރު ގަނެވޭނެ ކަމަށެވެ. އަދި މީގެ ސަބަބުން ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށްވެސް އަމީން ވިދާޅުވިއެވެ.

އާރުޓީއެލް ފެރީގެ ޚިދުމަތަކީ މިދިޔަ ސަރުކާރުން ފެށި ޚިދުމަތެކެވެ. އެންމެ އުތުރުގެ ތިން އަތޮޅާއި, ޅ. އަތޮޅާއި ދެކުނުގެ ހަތަރު އަތޮޅު ކުރީ ސަރުކާރުން އޮތީ ގުޅާލާފައެވެ.

މިސަރުކާރުން ވަނީ ނ.އަތޮޅުގައި ފެރީގެ ޚިދުމަތް ފަށާފައެވެ. އަދި ކުރިއަށް އޮތް ދެމަހުގެ ތެރޭގައި ރ.އަތޮޅާއި ބ.އަތޮޅުގައި ޚިދުމަތް ފަށާނެކަން ސަރުކާރުން ވަނީ އިއުލާނުކުރައްވާފައެވެ.

އިންޑިޔާގެ އެހީ ފައިސާއިން 12 ފެރީ ބަންނަން ސަރުކާރުން ވަނި ނިންމަވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement