ބޮރުޝިއާ ޑޯޓްމަންޑް އަށް ޗެމްޕިއަންސް ލީގުގެ ފަހު ޖާގަ, ޓޮޕް ސްކޯރަރ އަކީ ކޭން
ބޮރޫޝިއާގެ ކޯޗު ނިކޯ ކޮވަކް ކުޅުންތެރިއެއް ގައިގައި ބައްދާލަނީ. ފޮޓޯ: ބުންޑަސްލީގާ

ބޮރުޝިއާ ޑޯޓްމަންޑް އަށް ޗެމްޕިއަންސް ލީގުގެ ފަހު ޖާގަ, ޓޮޕް ސްކޯރަރ އަކީ ކޭން

4 hours ago - 00:28
May 18, 2025 - 00:30

ބުންޑަސްލީގާގެ ފަހުމެޗުތައް ހޮނިހިރު ދުވަހު ނިންމާލިއިރު ތާވަލްގެ ހަތަރުވަނަ ޖާގަ އާއެކު އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ފަހު ޖާގަ ބޮރޫޝިއާ ޑޯޓްމަންޑް ހޯދައިފިއެވެ. ބަޔާން މިއުނިކްގެ ފަހު މެޗު މޮޅަކުން ނިންމާލިއިރު ގޯލެއް ކާމިޔާބުކޮށް ހެރީ ކޭން ވަނީ ސީޒަންގެ އެންމެ ގިނަ  ގޯލްޖެހި ކުޅުންތެރިޔާގެ މަޤާމްވެސް ހޯދާފައެވެ.

ޖަރުމަނު ލީގުގެ ތާރީޚްގައިވެސް  ފަހު ހަތްމެޗުގައި އެންމެ ރަނގަޅު އެނބުރި އައުމާއިއެކު ބޮރޫޝިއާއިން މެޗު ކާމިޔާބު ކުރީ 3-0 ންނެވެ. ހޮނިހިރު ދުވަހު ޑޯޓްމަންޑް ވާދަކުރީ ކުރިންވެސް ރެލިގޭޓްވެފައި އޮތް ހޮލްސްޓެއިން ކެއިލް އާއެވެ.

ނިކޯ ކޮވަކްގެ އިރުޝާދުގެ ދަށުން ޑޯޓްމަންޑް ވަނީ ފާއިތުވި ހަ މެޗުންވެސް މޮޅުވެ ތާވަލްގެ 10 ވަނަ އިން 4 ވަނަ މަޤާމަށް ކުރިއަށް ޖެހިލާފައެވެ. ޑޯޓްމަންޑްއިން  57 ޕޮއިންޓާއެކު ލީގު ނިންމާލީ ތިންވަނައިގައި އޮތް އެއިންޓްރަޗް ފްރެންކްފަރޓް އަތުން ބަލިވެ ފަސް ވަނަ ލިބުނު ފްރެއިބާގް އަށް ވުރެ ދެ ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. 

Advertisement
Advertisement

މީގެ ދެ ހަފުތާކުރިން ތަށި ހޯދައިގެންތިބި ބަޔާނުން ސީޒަން ނިންމާލި މެޗުގައި ހޮފެންހެމް 4-0 ން ބަލިކުރިއިރު, މެޗުގެ ފަހު ގޯލް ބަޔާނަށް ކޭން ކާމިޔާބުކޮށްދިނީ  86 ވަނަ މިނިޓްގައެވެ.

ސީނިއަރ ކެރިއަރުގައި ހޯދި ފުރަތަމަ ތައްޓާއެކު ކޭން ވަނީ މި ސީޒަންގައި ބަޔާނަށް 26 ލީގު ގޯލް ކާމިޔާބުކޮށްދީފައެވެ.މިއާއެކު  ކޭން ވެގެންގޮސްފައިވަނީ ބުންޑަސްލީގާގެ ތާރީޙްގައިވެސް ފުރަތަމަ ފަހަރަށް ފުރަތަމަ ދެ ސީޒަނުގައި އެންމެ ގިނަ ގޯލް ކާމިޔާބުކުރި ކުޅުންތެރިޔާއަށެވެ. 

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow