ނ.އަތޮޅުގެ ބައެއް ރަށްތަކުގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި
މިނިސްޓަރ ސައީދު ނ.އަތޮޅު ރަށެއްގައި އޭޓީއެމް ޚިދުމަތް ފައްޓަވައިދެއްވަނީ: ފޮޓޯ-އިކޮނޮމިކް މިނިސްޓްރީ

ނ.އަތޮޅުގެ ބައެއް ރަށްތަކުގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

8 hours ago - 14:46
May 15, 2025 - 14:46

ނ.އަތޮޅުގެ ބައެއް ރަށްތަކުގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި އެވެ. މިއަދު ޚިދުމަތް ފެށި ރަށްތަކުގެ ތެރޭގައި ނ.ހެނބަދޫ, ނ.ކުޑަފަރި, ނ.މަގޫދޫ, ނ.ލަންދޫ އަދި މާޅެންދޫ ހިމެނެއެވެ.

މިރަށްތަކުގައި ޚިދުމަތް ފައްޓަވައިދެއްވީ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދުއެވެ. ހެނބަދޫ އާއި ކުޑަފަރީގައި ޚިދުމަތް ފައްޓަވައިދެއްވުމަށްފަހު މިނިސްޓަރ ސައީދު ވިދާޅުވީ  ނ.ހެނބަދޫ އަދި ނ. ކުޑަފަރީ ރައްޔިތުންނަށް އޭޓީއެމްގެޚިދުމަތް ރަށުން ލިބޭނެގޮތް ހައްދަވައިދެއްވުމަށް ރައީސް ޑރ.މުޙައްމަދު މުއިއްޒު ވެވަޑައިގެންނެވި ވަޢުދު މިއަދު މިވަނީ ފުއްދިފައި ކަމަށެވެ. ރައްޔިތުންނާއި ގާތުން ބޭންކިންގެޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދިއުމަކީ ރަށުގައި ދިރިއުޅޭ ފަރާތްތަކާއި ވިޔަފާރިވެރިންނަށް ލިބިގެންދާ ބޮޑުލުޔެެއް ކަމަށް ވިދާޅުވިއެވެ. މިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްވާސަމާލުކަމަކީ މިކަންކަން އަވަސްކަމާއިއެކު ހާސިލްވުމުގެ އެއްމެ މުޙިއްމުސަބަބުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި  ބޭންކް އޮފް މޯލްޑިވްސްގެ މެނޭޖްމަންޓާއި މުއައްޒަފުން މިކަންކަންޙާސިލްކުރުމުގައި ކެނޑިނޭޅި ކުރައްވަމުންގެންދަވާ މަސައްކަތް ފާހަގަކުރެއްވިއެވެ.

މިސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް މެޝިން ބަހައްޓާ ޚިދުމަތް ދޭން ފެށުމެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow