ހައްޔަރުކުރި ދެ ޒުވާނުން ދޫކޮށްލަން އެމްޑީޕީން ގޮވާލައިފި
ފުލުހުން މިރޭ މާލޭގެ މަގުތަކުގައި ހަރަކާތްތެރިވަނީ: ފޮޓޯ- ފުލުހުން

ހައްޔަރުކުރި ދެ ޒުވާނުން ދޫކޮށްލަން އެމްޑީޕީން ގޮވާލައިފި

11 months ago - 02:58
May 2, 2025 - 03:05
Advertisement
Advertisement

ޒުވާނުންގެ ތެރެއިން ބަޔަކު އިސްނަގައިގެން ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާގެތެރެއިން މިރޭ ހައްޔަރުކުރި ދެ ޒުވާނުން ޝަރުތަކާ ނުލާ މިނިވަންކުރަން އިދިކޮޅު އެމްޑީޕީން ގޮވާލައިފި އެވެ. އެޕާޓީން މިރޭ ނެރުނު ބަޔާނުގައި ގޮވާލީ މުޒާހަރާ ލީޑްކުރި ދެ ޒުވާނުން ކަމަށްވާ ޢަބްދުﷲ މަޙްޒޫމް މާޖިދު  އާއި   ހަސްތީ ޢާއިޝަތު ޝިމަން އަޙްމަދު މިނިވަން ކުރުމަށެވެ.

އެމްޑީޕީން ބުނީ އެދެޒުވާނުން ހައްޔަރުކުރުމުގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް، މުޒާހަރާގެ ތެރެއަށް އެއްވެސް އިންޒާރެއް ދިނުމެއް ނެތި ޕެޕަރ ސްޕްރޭ ޖަހާފައިވާ ކަމަށެވެ. އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

އެއްވެއުޅުމުގެ މިނިވަންކަމަކީ ގާނޫނުއަސާސީން ކޮންމެ ރައްޔިތަކަށް ލިބިފައިވާ ހައްގެއްކަން ފާހަގަކޮށް ބަޔާނުގައި ބުނެފައިވަނީ ހައްގުގެ ބޭނުންކޮށް ޒުވާނުންގެ ކަންބޮޑުވުންތައް ސަރުކާރަށް އިއްވުމަށް ކުރަމުންދާ މުޒާހަރާތައް ރޫޅާލަނީ އަނިޔާވެރިކަމާއެކު ކަމަށެވެ. އެއީ ސަރުކާރަށް ގޮތްހުސްވެ ހެދުނު ބޮޑު ގޯހެއްކަމަށް އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement