ޤާނޫނު ތަންފީޒު ކުރުމުގައި ހަސަބާއި ނަސަބަކަށް ނުބަލާނަން- ރައީސް މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު: ފޮޓޯ-ރައީސް އޮފީސް

ޤާނޫނު ތަންފީޒު ކުރުމުގައި ހަސަބާއި ނަސަބަކަށް ނުބަލާނަން- ރައީސް މުއިއްޒު

2 hours ago - 13:49
Apr 24, 2025 - 13:49
Advertisement
Advertisement

ޤާނޫނު ތަންފީޒު ކުރުމުގައި ހަސަބާއި ނަސަބަކަށް ނުބައްލަވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ދެއްވައިފިއެވެ. އެމަނިކުފާނު މިޔަޤީންކަން ދެއްވީ ގެއެއްގެ 9 ވަނަ ފަންގިފިލާއިން ޒުވާން އަންހެނަކު ވެއްޓުނު މައްސަލައިގައި ނުފޫޒުގަދަ ބައެއްގެ ދަރިންތަކެއްގެ ބައިވެރިވުން އޮތްކަމަށާއި, އޭގެ ނަތީޖާއެއްގެ ގޮތުން ތަހުގީގު ވަކިގޮތަކަށް ގެންދަން އުޅޭ ކަމަށް ބުނެ ފާޑުކިއުންތަކެއް އަމާޒުވަމުން ދަނިކޮށެވެ.

އެމައްސަލައިގެ ތަހުގީގު ފުލުހުން ވަކިގޮތަކަށް ގެންދަން އުޅޭކަމަށް ބުނެ ސޯޝަލް މީޑިޔާގައި ފާޑުކިއުން އަމާޒުވެ, ރޭ ޒުވާނުންގެ ތެރެއިން ބަޔަކު އަޑު އުފުލާފައި ވަނިކޮށް, ރައީސް ޑރ.މުޙައްމަދު މުއިއްޒު މިއަދު އެކްސްގައި ވިދާޅުވީ ޤާނޫނު އަސާސީ އާއި ޤާނޫނުތައް ތަންފީޒުކުރުމުގައި، ޤާނޫނުގެ ވެރިކަން (ރޫލް އޮފް ލޯ) މި ޤައުމުގައި ހިންގުމުގައި އެއްވެސް މީހަކު ތަފާތެއް ނުކުރައްވާ ކަމަށާއި, ނުވެސް ކުރައްވާނެ ކަމަށެވެ.

" އެ މީހެއްގެ ޙަސަބަކަށް، ނަސަބަކަށް، މަޤާމަކަށް، މުއްސަނދިކަމަކަށް، ރަޙްމަތްތެރިކަމަކަށް، ޢާއިލީ ތިމާގެ ކަމަކަށް، ސިޔާސީ ފިކުރަކަށް، އަދި އެ ނޫންވެސް ކަމަކަށް ބަލާ، މިކަމުގައި ކުރާނެ ތަފާތު ކުރުމެއް ނުއޮންނާނެ!" ރައީސް ވިދާޅުވިއެވެ.

ފުލުހުންވެސް މިއަދު ވަނީ މައްސަލައިގެ ތަހުގީގުގައި އެއްވެސް ފޮރުވުމެއް ނޯންނާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އެދިވަޑައިގެންނެވީ ތަހުގީގު ފުރިހަމަކުރެއްވުމަށް ވަގުތު ދެއްވުމަށެވެ. ތަހުގީގުގައި ފުލުހުންގެ ހުރި ހުރިހާ ވަސީލަތެއް ބޭނުންކޮށް, ނެތް ވަސީލަތް ބޭނުންކުރަން ޖެހިއްޖެނަމަ ބޭރަށް ފޮނުވައިގެންވެސް ކުރައްވާނެ ކަމުގެ ޔަގީންކަން ސީޕީ ދެއްވިއެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement