ސައުދީ ޑިވެލޮޕްމަންޓް ފަންޑްގެ ލޯނު އެހީގައި 400 ހައުސިންގ ޔުނިޓްއިމާރާތް ކުރުމުގެ މަޝްރޫޢު ފަށައިފި
ސައުދީ ޑިވެލޮޕްމަންޓް ފަންޑާއެކު ހައުސިންގ ޔުނިޓް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށް އެއްބަސްވުން ބަދަލުކުރަނީ: ފޮޓޯ-ކޮންސްޓްރަކްޝަން މިނިސްޓްރީ

ސައުދީ ޑިވެލޮޕްމަންޓް ފަންޑްގެ ލޯނު އެހީގައި 400 ހައުސިންގ ޔުނިޓްއިމާރާތް ކުރުމުގެ މަޝްރޫޢު ފަށައިފި

އަމަލީ މަސައްކަތް މިއަހަރު ފަހުކޮޅު ފެށޭނެ

2 days ago - 14:20
Apr 14, 2025 - 15:29
Advertisement
Advertisement

ސައުދީ ފަންޑްގެ ލޯނު އެހޯގައި 400 ހައުސިންގ ޔުނިޓް އެޅުމުގެ މަޝްރޫޢު ފަށައިފިއެވެ. ސައުދީ ޑިވެލޮޕްމަންޓް ފަންޑާއެކު މިމަޝްރޫއު ކުރިއަށް ގެންދަން ސޮއިކުރެއްވީ 25 މިލިއަން އެމެރިކާ ޑޮލަރުގެ އެއްބަސްވުމެއްގައެވެ.

އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ސައުދީ ޑިވެލޮޕްމަންޓް ފަންޑްގެ ލޯނު އެހީގައި އިމާރާތްކުރާ ހައުސިންގ ޔުނިޓް މަޝްރޫޢު ފައްޓަވައިދެއްވީ އެފަންޑްގެ ޗީފް އެގްޒެކެޓިވް އޮފިސަރ ސުލްތާން ބިން އަބްދުލްރަޙްމާން އަލް-މަރްޝަދް އާއި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ މުސާ ޒަމީރު އެވެ. މި ރަސްމިއްޔާތުގައި އެޗް.ޑީ.ސީގެ މެނޭޖިންގ ޑައިރެކްޓަރ މައުރޫފް ޖަމީލްއާއި ސައުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓް އަދި ދަޢުލަތުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންނެވިއެވެ.

 މިއީ ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަމުގެ ފުރުޞަތު ފަހިކޮށްދެއްވުމުގެ ސިޔާސަތުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެއް މަޝްރޫއެވެ. މިމަޝްރޫޢުގެ ދަށުން 400 ހައުސިންގ ޔުނިޓް އަޅާނީ ހުޅުމާލޭގައެވެ. މި މަޝްރޫޢުގައި މިހާރު ކުރިއަށްދަނީ ކޮންސަލްޓަންސީ ފަރމްއެއް ހޮވުމުގެ މަރުޙަލާއެވެ. މިއަހަރުގެ ފަހު ކުއާޓަރުގައި ޢަމަލީ މަސައްކަތް ފެށޭނެ ކަމަށް ސަރުކާރުން ލަފާކުރައްވައެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement