މެންޗެސްޓަރ ސިޓީ ބަލިކޮށް ތާވަލްގެ ކުރީގައި ލިވަޕޫލް އިން 11 ޕޮއިންޓަށް ލީޑު ފުޅާކޮށްފި
މެޗުގައި ލިވަޕޫލް މޮޅުކޮށްދިން ސަލާޙް އަދި ޒޮބޮސްލައީ ގެ ކޮމްބިނޭޝަން . ފޮޓޯ: ލިވަޕޫލް

މެންޗެސްޓަރ ސިޓީ ބަލިކޮށް ތާވަލްގެ ކުރީގައި ލިވަޕޫލް އިން 11 ޕޮއިންޓަށް ލީޑު ފުޅާކޮށްފި

9 hours ago - 00:22
Feb 24, 2025 - 07:24

އިނގިރޭސި ޕްރިމިއަރ ލީގުގައި އާދިއްތަ ދުވަހު މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅުނު މެޗު 2-0 ން ކާމިޔާބުކޮށް ތާވަލްގެ އެންމެ ކުރީގައި ލިވަޕޫލްއިން 11 ޕޮއިންޓަށް ލީޑު ފުޅާކޮށްފިއެވެ.

އާނެ ސްލޮޓްގެ ޓީމުން 27 މެޗުން 64 ޕޮއިންޓާއެކު ތާވަލްގެ ކުރީގައި އޮތީ ދެވަނައިގައި އޮތް އާސެނަލް އަށްވުރެ 11 ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. އާސެނަލްއަށް 26 މެޗުން 53 ޕޮއިންޓް ލިބުން އިރު, ތިންވަނައިގައި އޮތީ އާދިއްތަ ދުވަހު 4-3 ން ނިއުކާސަލް ޔުނައިޓް އަތުން ބަލިވި ނޮޓިންގްހަމް ފޮރެސްޓެވެ. އެއީ 26 މެޗުން 47 ޕޮއިންޓާއެކުއެވެ. ސިޓީއަށް ތާވަލްގެ ހަތަރުވަނަ ލިބެނީ 26 މެޗުން 44 ޕޮއިންޓް ހޯދައިގެންނެވެ.

މެޗުގައި ލިވަޕޫލްއަށް ލީޑު ނަގައިދިނީ 14 ވަނަ މިނިޓްގައި މިޞްރުގެ ފޯވާޑް މުޙައްމަދު ޞަލާޙްއެވެ. މިއީ މިސީޒަންގައި އޭނާ ކްލަބަށް ކާމިޔާބުކޮށްދިން 25 ވަނަ ގޯލެވެ. ސަލާހް އަށް ގޯލް ޖެހުމުގައި ފުރުޞަތު ތަނަވަސްކޮށްދިން ޒޮބޮސްލައީ ވަނީ 37 ވަނަ މިނިޓްގައި ސަލާޙްގެ އެހީތެރިކަމާއެކު ލިވަޕޫލްއަށް ލީޑު ފުޅާކޮށްދީފައެވެ.

މެޗުން ބަލިވި ނަމަވެސް ސިޓީގެ ކޯޗު  ޕެޕް ގާޑިއޯލާ ވަނީ އޭނާގެ ޓީމުގެ ކުޅުންތެރިން މެޗުގައި ދެއްކި ކުޅުމާ ދޭތެރޭ ހިތްހަމަ ޖެހޭކަމަށް ބުނެފައެވެ. މެޗަށްފަހު ސްކައި ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި ގާޑިއޯލާ ބުނީ މެޗަކުން ބަލިވާނާމަ ބަލިވާންވީ އެގޮތަށް ކަމަށާއި, ކްލަބްގައި މިހާރު އޮތް ޒުވާން ސްކޮޑާއެކު ސިޓީގެ މުސްތަގުބަލު އޮތީ އުޖާލާކޮށް ކަމަށްވެސް ގާޑިއޯލާ ބުނެފައި ވެއެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow