ބާސެލޯނާ އާއި  އެތްލެޓިކޯވެސް މޮޅު
ބޭސެލޯނާ އަދި ލަސް ޕާމަސް ބައްދަކުލުރި މެޗުގެ ތެރެއިން. ފޮޓޯ: ބާސެލޯނާ

ބާސެލޯނާ އާއި އެތްލެޓިކޯވެސް މޮޅު

6 hours ago - 08:56
Feb 23, 2025 - 09:01

ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާ 2-0 ން ލަސް ޕާމަސް އަތުން މޮޅުވެ ތާވަލްގެ އެއްވަނައަށް ރަސްމީކޮށްޖެހިލައިފިއެވެ. އެތްލެޓިކޯ މެޑްރިޑްވެސް ވަނީ ވެލެންސިއާ އަތުން 3-0 ން މޮޅުވެ, ތާވަލްގެ ދެވަނައަށް ކުރިއަށް ޖެހިލާފައެވެ.

ނަމަވެސް ދެޓީމުގެ މަޤާމް އެގޮތުގައި ދެމިއޮންނާނީތޯ ކަނޑައަޅާނީ މިރޭ ރެއާލް މެޑްރިޑާއި ޖިރޯނާ ވާދަކުރާ މެޗުގެ ނަތީޖާއަށް ފަހުއެވެ. ތާވަލްގެ އެއްވަނައިގައި ބާސެލޯނާ މިވަގުތުތ އޮތީ 54 ޕޮއިންޓާއެކުއެވެ. އެއް ޕޮއިންޓް މަދުކޮށް ދެވަނައިގައި އެތްލެޓިކޯ އޮތްއިރު, ގިނަ ދުވަސްތަކެއްވަންދެން ލީގުތާވަލްގެ ކުރީގައި އޮތް ރެއާލް މެޑްރިޑް ތިން ވަނައިގައި މިވަގުތު އޮތީ 51 ޕޮއިންޓައެކުއެވެ.

ބާސެލޯނާ އަދި ލަސް ޕާމަސްގެ ފަރާތުންވެސް މާ އެދެވޭ ކުޅުމެއްނުފެނި, އަދި ގޯލްކާމިޔާބުކުރާނެ ރަނގަޅު ފުރުޞަތެއް ނުއުފެއްދި ފުރަތަމަ ހާފު ނިމުނީ 0-0 ންނެވެ. ބާސެލޯނާއަށް ނަތީޖާ ބަދަލުކޮށްދިނީ ބަދަލު ކުޅުންތެރިންގެ ގޮތުގައި ނިކުއިން ފެރަން ޓޮރޭސް އަދި ޑެނީ އޮލްމޯ އެވެ.

ފުރަތަމަ ގޯލްއޭރިޔާތެރެއިން ނަގައިދިން ބޯޅައެއް ގޯލަށް ފޮނުވާލައިގެން ކާމިޔާބުކުރީ ޑެނީ އޮލްމޯއެވެ. އެއީ 62 ވަނަ މިނިޓްގައި ލަމީން ޔަމާލް ތަނަވަސްކޮށްދިން ފުރުޞަތެކެވެ. މެޗު ނިމެންދަނިކޮށް ލަސް ޕާމަމްސްގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނެގީ ފެރަން ޓޮރޭސްއެވެ. އިތުރު ވަގުތުގެ ފަސް ވަނި މިނިޓްގައި ބާސެލޯނާއަށް ލީޑު ފުޅާކޮށްދިނީ ރަފީނިއާ ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ.

Advertisement
Advertisement

ރޭ އެތްލެޓީކޯ މެޑްރިޑް އާ ވެލެންސިއާ ބައްދަލުކުރި މެޗު އެތްލެޓިކޯއިން ކާމިޔާބު ކުރީ ފަސޭހަކަމާއެކުއެވެ. ވެލެންސިއާގެ ފަރާތުން ދަށް ކުޅުމެއް ފެނުނު މިމެޗުގައި އެތެލްޓިކޯގެ ފުރަތަމަ ދެގޯލްވެސް މެޗުގެ ފުރަތަމަ ހާފުގައި ކާމިޔާބުކުރީ ހޫލިއަން އަލްވަރޭޒްއެވެ. 12 ވަނަ މިނިޓްގައި ލީޑު ނަގައިދިނުމަށް ގިލިއާނޯ ސިމިނޯއީ އެހީތެރިވިއިރު, 30ވަނަ މިނިޓްގައި ލީޑު ފުޅާކުރީ އެންޓޮއިން ގްރީޒްމަން ނަގައިދިން ހުރަހެއްގައެވެ.

އެތްލެޓިކޯގެ ތިންވަނަގޯލް މެޗުގެ 86ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނި ކައުންޓަރ އެޓޭކުގައި އުފެއްދި ހަމަލާއެއްގައި އެންހެލް ކޯރާއެވެ. އޭނާއަށް ގޯލް ޖެހުމުގައި އެހީތެރިވީ ކޯނާ ގެލާގާއެވެ.

ނަތީޖާ އާއެކު ވެލެންސިއާ ތާވަލްގެ ފަހަތުން ތިންވަނައިގައި އޮތީ 23 ޕޮއިންޓާއެކުއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow