
ޗެލްސީގެ މައްޗަށް އެސްޓަންވިލާއިން ކުރިހޯދި މެޗަށްފަހު ކޯޗު އެމެރީގެ ތައުރީފް ރަޝްފޯޑަށް
ޕްރިމިއަރ ލީގުގައި ރޭ ޗެލްސީ އަތުން ފަހު ވަގުތު 2-1 ން މޮޅުވި މެޗަށްފަހު އެސްޓަންވިލާގެ ކޯޗު އުނެއި އެމެރީ, މާކަސް ރަޝްފޯޑްގެ ކުޅުމަށް ތައުރީފްކޮށް ވާހަކަދައްކައިފިއެވެ. ބަދަލުކުޅުންތެރިއެއްގެ ގޮތިގައި ރަޝްފޯޑް ދެވަނަ ހާފުގައި ކުޅުމުގެ ތެރެއަށް ނިކުއިންއިރުވެސް ޗެލްސީ އޮތީ 1-0 ގެ ލީޑެއްގައެވެ.
މެޗުގައި ވިލާގެ ދެ ގޯލް ކާމިޔާބުކޮށްދިނުމުގައިވެސް އެހީތެރިވި ރަޝްފޯޑް އާ ބެހޭގޮތުން އެމެރީ ބުނެފައިވަނީ ޓީމް މޮޅުކޮށްދިނުމުގައި ރަޝްފޯޑްގެ މަސައްކަތް ފުރިހަމަ ކަމަށެވެ. އަދި ލޯން އެއްބަސްވުމުގެ ދަށުން އޭނާ ކްލަބަށް ގެނައުމުގެ ފައިދާ މިހާރުވެސް ކުރަންފަށައިފި ކަމުގައެވެ. އަދި އޭނާ އަސްލު ރަޝްފޯޑުގެ ގޮތުގައި މިހާރު ފެންނަންފަށައިފި ކަމުގައިވެސް އެމެރީ ވަނީ ބުނެފައެވެ.
މެޗުގައި ޗެލްސީގެ އަށް ލީޑު ނަގައިދިނީ 9 ވަނަ މިނިޓްގައި ޕެޑްރޯ ނަގައިދިން ހުރަހެއްގައި ފުރުޞަތުގައި އެންޒޯ ފެނާންޑޭޒްއެވެ.
ނަމަވެސް ދެވަނަ ހާފުގައި ޖޭކޮބް ރަމްސޭގެ ބަދަލުގައި ރަޝްފޯޑް ކުޅުމުގެ ތެރެއަށް ނިކުތުމާއެކު މެޗުގެ އޮއިވަރު ބަދަލުވިއެވެ. ވިލާގެ ފުރަތަމަ ގޯޅް 57 ވަނަ މިނިޓްގައި މާކޯ އަސެންސިއޯ ކާމިޔާބު ކުރިއިރު 89 ވަނަ މިނިޓްގައި ލީޑް ފުޅާކޮށްދިނީވެސް އޭނާއެވެ. ދެގޯލްވެސް ކާމިޔާބުކުރުމުގައި އެހީތެރިވީ ރަޝްފޯޑެވެ.
ލޯން އެއްބަސވުމުގެއްގެ ދަށުން މެންޗެސްޓަރ ޔުނައިޓަޑްއިން އެސްޓަން ވިލާއަށް ރަޝްފޯޑް ބަދަލުވީ މި ސީޒަންގެ ނިޔަލަށް މި ހިނގާ ފެބްރުއަރީ މަހުއެވެ. ރުބެން އަމޯރިމްގެ ސްކޮޑުން ޖާގަ ނުލިބި ގޮނަ ދުވަސްތަކަކަށްފަހު ވިލާއަށް ބަދަލުވި ރަޝްފޯޑް ވިލާއާއެކު ތިން މެވު މިހާރުވަނީ ކުޅެފައެވެ.
ރިއެކްޝަންސް






