
އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުގައި ތިބި ބިދޭސީންތަކެއް ކާނާ ވިހަވެގެން ހޮސްޕިޓަލަށް ގެންގޮސްފި
އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުގައި ތިބި ބިދޭސީންތަކެއް ކާނާ ވިހަވެގެން ހޮސްޕިޓަލަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ބުނީ ކާނާ ވިހަވީ ހުޅުމާލޭގައި ހުންނަ އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުގައި ބަންދުގައި ތިބި ބިދޭސީންގެ ތެރެއިން ބަޔަކު ކަމަށެވެ.
" އެމީހުން މިރޭ ހޮސްޕިޓަލަށް ގެންދިޔައީ ކާނާ ވިހަވުމުގެ ސަބަބުން ކަމުގައި ދަންނަވަން. އެގޮތުން، މި ވަގުތު 17 މީހަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން." އިމިގްރޭޝަނުން ބުންޏެވެ.
މި ކަމުގައި އަސަރުކޮށްފައިވާ ބިދޭސީންނަށް ވީ އެންމެ އަވަސް ފަރުވާއެއް ފޯރުކޮށްދިނުމަކީ މި ވަގުތު އެންމެ އިސްކަމެއް ދީގެން ކުރެވެމުންދާ ކަންތައް ކަމަށް އިމިގްރޭޝަނުން ބުންޏެވެ. މިކަން ފެންމަތިވުމިން ފުލުހުންވެސް ވަނީ ޑިޓެންޝަން ސެންޓަރުގައި ހަރަކާތްތެރި ވެފައެވެ.
ރިއެކްޝަންސް






