
ހުޅުމާލޭއިން 14 ކިލޯގެ މަސްތުވާތަކެއްޗާއެކު 23 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފި
ފުލުހުންގެ ޚާއްޞަ އޮޕަރޭޝަނެއްގައި ހުޅުމާލެ ފޭސް 1 ގައި ހުރި ގެއަކުން 14 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހޯދާ، 23 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފިއެވެ.
އޭނާ ހައްޔަރުކުރީ ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެ ވެ.
މި މައްސަލާގައި ހައްޔަރު ކުރީ ހއ. ތުރާކުނު، އާހިޔާ، މަރްޔަމް ޒީނާ (23 އަހަރު) އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ބުނީ މައްސަލަ އިތުރަށް ތަޙުޤީޤުކުރަމުން ގެންދާ ކަމަށެވެ.
ރިއެކްޝަންސް






