
މެމްބަރު ގާސިމް އިބްރާހީމް އުފަން ރަށުގައި ބިނާކޮށްދެއްވި މިސްކިތް ހުޅުވައިފި
މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް އެރަށުގައި ބިނާކޮށްދެއްވި މިސްކިތް ހުޅުވައިފިއެވެ.
ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމް އުފަން ރަށުގެ ރައްޔިތުންގެ އެދުމުގެ މަތިން ބިނާކޮށްދެއްވި މިމިސްކިތަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު ބިންގާ އެޅި މިސްކިތެކެވެ. މިސްކިތުގެ މަސައްކަތް އެންމެ 57 ދުވަހުގެ ތެރޭގައި ނިމިފައިވާ ކަމަށް މާމިގިލީ ކައުންސިލުން މައުލޫމާތުދެއްވިއެވެ. މިސްކިތް ހުޅުއްވައިދެއްވީ ގާސިމް އިބްރާހީމް އެވެ. މިސްކިތަށް ދީފައިވާ ނަމަކީ މަސްޖިދުއް ޒިކުރާއެވެ.
ގާސިމް އިބްރާހީމްގެ ހަރަދުގައި މާމިގިލީގައި އަދިވެސް އިތުރު 2 މިސްކިތެއްގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަރިއަތޮޅުގެ އެކި ރައްރަށުގައި މިސްކިތް ބިނާ ކުރުމާއި މަރާމާތުގެ މަސައްކަތުގައި ގާސިމްގެ އެހީތެރިކަން ލިބޭ ކަމަށް މާމިގިލީ ކައުންސިލުން ވަނީ ބުނެފައެވެ.
ރިއެކްޝަންސް






