
ރާއްޖޭއަށް ޒިޔާރަތްކުރާ ފަތުވެރިން އިތުރެވެ، ޗައިނާއިން އެކަނި ބައިލައްކަ ފަތުވެރިން ޒިޔާރަތްކޮށްފި
ޗައިނާއިން އެކަނި މިހާތަނަށް 50,979 ފަތުރުވެރިން ޒިޔާރަތްކޮށްފި
މިއަހަރުގެ މިހާތަނަށް ޗައިނާއިން އައި ފަތުރުވެރިންގެ އަދަދު ބައި ލައްކައަށްވުރެ އިތުރުވެއްޖެއެވެ. ޖުމްލަކޮށް ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ.
ރާއްޖޭގެ ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިހާރު ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމެވެ.
މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން 50,979 ފަތުރުވެރިން އައިސްފައިވާއިރު، އެއީ ރާއްޖެ އައި ޖުމުލަ ފަތުރުވެރިންގެ 16.8 އިންސައްތައެވެ. މި މުއްދަތުގައި ރާއްޖެއަށް ޖުމުލަ 303,447 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
މިއީ ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 8.7 އިންސައްތައިގެ ކުރިއެރުމެކެވެ. 2023 ވަނަ އަހަރުގެ މި މުއްދަތުގައި 279,234 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.
ފަތުރުވެރިކަމަށް މިވަގުތު ރާއްޖޭގައި 174 ރިސޯޓާއި 793 ގެސްޓްހައުސްގެ އިތުރުން 154 ސަފާރީ އާއި 15 ހޮޓެލް އާއި އެކު މުޅި ޖުމުލަ 1,137 ތަނެއް ދަނީ ހިންގަމުންނެވެ.
މިދިޔަ އަހަރު ސަރުކާރުން އަމާޒު ހިފި 2 މިލިއަން ފަތުރުވެރިން ގެނައުމުގެ އަމާޒު 2024 ނިމުނު އިރު ހާސިލްވެފައިވާ އިރު ، މި އަހަރަށް ސަރުކާރުން އަމާޒު ހިފާފައިވަނީ އަހަރު ނިމުމުގެ ކުރިން މަދުވެގެން 2.2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށެވެ.
ރިއެކްޝަންސް






