
ޝޫޓިންގ ސްޕޯޓްސްއިން މަރިޔަމް އީޝަލް ރާއްޖެއަށް ހޯދައިދިން ކާމިޔާބީ އަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ
މިއީ ސޫޓިންގ ސްޕޯޓްސްއިން ރާއްޖެއަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ
ޝޫޓިންގ ސްޕޯޓްސްގެ ތާރީޚުގައި އޭޝިއާ ފެންވަރުގެ މުބާރާތަކުން ފުރަތަމަ ފަހަރަށް ދިވެހިރާއްޖެއަށް ރިހިމެޑަލް ހޯދައިދިން މަރިޔަމް އީޝަލް މިޞްބާޙަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.
15 އަހަރުގެ އީޝަލް ވަނީ ތައިލެންޑުގައި ކުރިއަށްދިޔަ އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް ކަޕް 2025ގެ އަންހެން އެއަރ ޕިސްޓަލް ކެޓަގަރީގެ ޖޫނިއަރ ބައިން ރިހި މެޑަލް ހޯދާފައެވެ. މި މުބާރާތުގައި އޭޝިއާގެ 23 ޤައުމަކުން ބައިވެރިވެ، އީޝަލް ވަނީ 21 ޤައުމެއްގެ ޝޫޓަރުންގެ މައްޗަށް ކުރިހޯދާފައެވެ.
އީޝަލް ފައިނަލް މެޗުގައި ރިހި މެޑެލް ހޯދާފައިވަނީ 229.2 ގެ ސްކޯރ އަކާއެކުއެވެ. އޭނާ ފައިނަލަށް ދަތުރުކޮށްފައިވަނީ 517 ޕޮއިންޓް ހޯދައިގެން ޝޫޓިންގެ ގައުމީ ރިކޯޑަކާއެކުގައެވެ.
މި ކާމިޔާބީއަކީ ދިވެހި ކުޅިވަރުގެ ތާރީޚުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ. އަދި ޚާއްޞަކޮށް ޝޫޓިންގ ސްޕޯޓްސްގެ ދާއިރާއިން ދިވެހިރާއްޖެއަށް މިހާތަނަށް ލިބުނު އެންމެ މަތީ ވަނައެވެ.
ރިއެކްޝަންސް






