
2.4 މިލިއަން ރުފިޔާގެ ފުލުހުންގެ މަރުކަޒެއް އިންނަމާދޫއަށް. 6 މަސްދުވަހުން ނިންމަންޖެހޭ.
އިންނަމާދޫ ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައިވެރިވެވަޑައިގަންނަވާފަ.
މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫގައި ސަރުކާރުން ގާއިމްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ.
މިއަދު ހެނދު އިންނަމާދޫގައި ބޭއްވި ރަސްމިއްޔާތުގައި އެރަށުގެ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަލީ އިހުސާން އެވެ.
2.4 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން ގާއިމްކުރުމަށް މިއަދު ބިންގާ އެޅިގެންދިޔަ އިންމާދޫ ޕޮލިސް ސްޓޭޝަނަކީ 6 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މަސައްކަތެކެވެ.
މިއީ ރާއްޖޭގައި ފުލުހުންގެ ޚިދުމަތް ފުޅާކޮށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރައްވަމުން އަންނަ މަސައްކަތުގެ ތެރެއިން ގާއިމްކުރެވޭ ފުލުހުންގެ މަރުކަޒެކެވެ.
ރާއްޖޭގެ 143 ރަށެއްގައި ފުލުހުންގެ ޚިދުމަތް ދެމުން އަންނައިރު ފުލުހުންގެ އަމިއްލަ މަރުކަޒުތައް ގާއިމްވެފައި ވަނީ 15 ރަށުގައެވެ. މިހާރުވެސް އިމާރާތްތައް ކުއްޔަށް ހިފައިގެން ފުލުހުންގެ ޚިދުމަތް 96 ރަށެއްގެ ރައްޔިތުންނަށް ސަރުކާރުން އަންނަނީ ފޯރުކޮށްދެމުންނެވެ. ރ.އިންނަމާދޫގައި ފުލުހުންގެ މަރުކަޒު އިމާރާތް ކުރުމަށް ބިންގާ އެޅި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއުއާ ސަރުކާރުކާރުގެ އިސްވެރިންގެ އިތުރުން ފުލުހުންވެސް ވަނީ ބައިވެރިވެފައެވެ.
ރިއެކްޝަންސް






