
އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީއަކަށް ޕީއެންސީ
ޕީއެންސީގައި މިހާރު 69968 މެމްބަރުން
އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީއަކަށް ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ވެއްޖެއެވެ.
އިލެކްޝަން ކޮމިޝަންގެ ރަސްމީ ވެބްސައިޓްގައިވާ ގޮތުން ޕީއެންސީގައި މިހާރު 69968 މެމްބަރުން އެބަތިއްބެވެ. ދެވަނައަށް އެންމެ މެމްބަރުން ގިނަ އިދިކޮޅު އެމްޑީޕީގައި މިހާރު ތިބީ 43755 މެމްބަރުންނެވެ. ތިންވަނަ އަށް އެންމެ މެމްބަރުން ގިނައީ ޖުމްހޫރީ ޕާޓީގައެވެ. އެޕާޓީގައި ތިބީ 13826 މެމްބަރުންނެވެ. ހަތަރު ވަނައިގައި އޮތީ އުވާލުމުގެ މަރުހަލާގައި އޮތް ޕީޕީއެމްއެވެ.
އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓިއަކަށް ޕީއެންސީ ވެފައި މިވަނީ އެއަމާޒަށް މަސައްކަތްކޮށް މިދިޔަ މުއްދަތުގައި ވަރަށްގިން މެމްބަރުން ޕާޓީއަށް ވައްދައިގެންނެވެ. ޕީއެންސީ އެންމެ މެމްބަރުން ގިނަ ޕާޓީގެ ގޮތުގައި އިލެކްޝަން ކޮމިޝަނުން އިއުލާނުކޮށްފައި މިވަނީ ވަގަށް މެމްބަރުން ވައްދާކަމުގެ ތުހުމަތުވެސް އެޕާޓީއަށް ކުރަމުން ދަނިކޮށެވެ.
ކުރިން އެންމެ މެމްބަރުން ގިނަ އެމްޑީޕީގެ ދަފްތަރުން ތިންހާހެއްހާ މެމްބަރުން ވަކިވެފައިވާ ކަމަށް ދައްކައެވެ. އެހެން ސިޔާސީ ޕާޓީތަކުގައި މެމްބަރުން ތިބި އަދަދަކީ:
- ޕީޕީއެމް 12174
- އެމްޑީއޭ 9210
އަދާލަތު ޕާޓީ 9049
- އެމްއެންޕީ 6050
- ދަ ޑިމޮކްރެޓްސް 3667
- ޕީއެންއެފް 2822
- އެމްޓީޑީ 2359
- އެމްއާރުއެމް 1867
މިއީ މިދިޔަ އަހަރުގެ ނިޔަލަށް އިލެކްޝަން ކޮމިޝަންގެ ދަފްތަރުގައި މެމްބަރުން ތިބި އަދަދެވެ.
ރިއެކްޝަންސް






