އެޗް.ޑީ.ސީއަށް އަލަށް އައްޔަންކުރި އެމް.ޑީ މައުރޫފު ޖަމީލަކީ ވަރަށް ނަޒާހާތްތެރި ބޭފުޅެއް: ރައީސް

އެޗް.ޑީ.ސީއަށް އަލަށް އައްޔަންކުރި އެމް.ޑީ މައުރޫފު ޖަމީލަކީ ވަރަށް ނަޒާހާތްތެރި ބޭފުޅެއް: ރައީސް

3 months ago - 19:53
Advertisement
Advertisement

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗް.ޑީ.ސީގެ މެނޭޖިންގ ޑީރެކްޓަރަކަށް މިއަދު އައްޔަން ކުރެއްވި މައުރޫފު ޖަމީލަކީ ވަރަށް ނަޒާހާތްތެރި ބޭފުޅެއް ކަމަށާއި އޭނާއަށް ވަރަށް ބޮޑަށް އިތުބާރު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގެ ބޭރުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ މައުރޫފަކީ ވަރަށް ޒިންމާދާރު ކަމާއެކު މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށާއި އެއްވެސް މުވައްސަސާއެއްގައި ކޮރަޕްޝަނަށް މަގުފަހިވާފަދަ ގޮތަކަށް މަސައްކަތް ކުރާކަށް އަދި އެފަދަ ޖާގައެއް އޮންނަންވެސް ބޭނުންފުޅު ނުވާކަމަށެވެ.

އެޗް.ޑީ.ސީގެ މެނޭޖިންގ ޑައިރެކްޓަރަކަށް މިއަދު އައްޔަންކުރެއްވި ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރުކަންވެސް ކުރައްވާފައިވާ މައުރޫފު ޖަމީލަކީ ރައީސް މައުމޫނުގެ ސަރުކާރުގައި ހުޅުމާލެ ހިއްކުމުގެ މަސައްކަތް ޑިޒައިންކޮށް އެމަސައްކަތުގެ ޓެކްނިކަލް މަސައްކަތްތައް ކުރެއްވުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

މީގެ ކުރިން މީޑީއާއެއްގައި ވާހަކަ ދައްކަވަމުން މައުރޫފު ވަނީ އެޗް.ޑީ.ސީގެ ޕްރޮޖްޓާ ގުޅޭ އާންމުންނަށް ނޭގޭ ވަރަށް ގިނަ މައުލޫމާތު ޙިއްސާ ކުރައްވާފައެވެ.

Advertisement
Advertisement

އޭގެ ތެރޭގައި ހުޅުމާލެ ހިއްކުމުގެ މަޝްރޫއާ ހުޅުމާލޭ ޕްރޮޖެކްޓުގެ ފީސިބިލިޓީއާމެދު ދުނިޔޭގެ ބޮޑެތި ބޭންކްތަކުން އުފެއްދެވި ސުވާލުތަކުގެ މައުލޫމާތު ވަނީ ޙިއްސާ ކުރައްވާފައެވެ.

އެޗް.ޑީ.ސީގެ އެމް.ޑީގެ މަގާމަށް މައުރޫފު އައްޔަން ކުރެއްވުމަކީ ރައީސް ޑރ. މުޢިއްޒު އެޅުއްވި ހަރުދަނާ ފިޔަވަޅެއް ކަމަށް ގިނަބަޔަކު އަންނަނީ ވިދާޅުވަމުންނެވެ.

އޭގެ ތެރޭގައި ހުޅުމާލޭގެ ބާނީ އަދި ކުރީގެ ރައީސް މައުމޫނު ހިމެނިވަޑައިގަންނަވައެވެ.

މައުރޫފު ޖަމީލް އެޗް.ޑީ.ސީގެ މެނޭޖިން ޑައިރެކްޓަރުގެ މަގާމާ މިއަދު ހަވާޅުވެވަޑައިގަތީ އެކުންފުނީގެ އެމް.ޑީގެ މަގާމުގައި ކުރިން ހުންނެވި ފަޒުލް ރަޝީދުގެ ޚިޔާނާތުގެ މައްސަލައެއް ފެންމަތިވެ ޕްރެޝަރު ބޮޑުވުމުން އޭނާ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement