އީސީގައި ފުއާދު ތައުފީގުގެ ދައުރު ހަމަވެއްޖެ
ފުއާދު ތައުފީގު (މ)

އީސީގައި ފުއާދު ތައުފީގުގެ ދައުރު ހަމަވެއްޖެ

1 year ago - 17:01
Nov 24, 2024 - 17:01
Advertisement
Advertisement

އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުގެ ދައުރު ހަމަވެއްޖެ އެވެ. ވިދިވިދިގެން ދެ ދައުރު ކޮމިޝަންގެ މެމްބަރުކަން ކުރެއްވުމުން އިތުރަށް އެކޮމިޝަންގައި ދެމިހުރުގެ ފުރުޞަތެއް ޤާނޫނު އޮތް ގޮތުން ނުލިބެއެބެ.

ފުއާދު ތައުފީގު އިލެކްޝަން ކޮމިޝަންގެ މެމްބަރުކަމަށް ފުރަތަމަ އައްޔަން ކުރެއްވީ 24 ނޮވެމްބަރު 2009 ގައެވެ. 2014 ވަނަ އަހަރުގެ މާރޗް މަހުގެ 9 ވަނަ ދުވަހާ ހަމައަށް ހުންނެވީ ކޮމިޝަންގެ ރައީސް ކަމުގައެވެ. އޭގެފަހުން ޖެހިގެން އައި ދައުރުގައި 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ހުންނެވީ ކޮމިޝަންގެ މެމްބަރެއްގެ ގޮތުގައެވެ. ދެވަނަ ފަހަރަށް ކޮމިޝަންގެ ރައީސްކަމަށް ވަޑައިގެންނެވީ ޖެހިގެން އައި ދުވަހުއެވެ, އޭގެ ފަހުން ދައުރު ފުރިހަމަ ކުރެއްވީ ކޮމިޝަންގެ ރައީސްކަމުގައި ހުންނަވައެވެ.

އޭގެކުރިން ފުއާދު ތައުފީގު ވަނ2008 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 4 ވަނަ ދުވަހުން ފެށިގެން އިންތިޤާލީ ކޮމިޝަންގެ މެމްބަރުކަމާއި, ރައީސްކަން ކުރައްވާފައެވެ. ކޮމިޝަންގެ ދައުރަށްފަހު ދެން މަސައްކަތްކުރައްވާނީ ޚާރިޖީ ދާއިރާގައި ކަމަސް ފުއާދު ތައުފީގު ވަނީ ވިދާޅުވެފައެވެ.

ފުއާދުގެ ކުރިން އެކޮމިޝަންގައި ދެ ދައުރު ފުރިހަމަކުރައްވާ ވަޑައިގެންނެވި ކޮމިޝަންގެ ކުރީގެ ނައިބުރައީސް އިސްމާއީލް ހަބީބު މިހާރު ހުންނެވީ ހިޔުމަންރައިޓްސް ކޮމިޝަންގެ މެމްބަރު ކަމުގައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement