ރިޔާސީ އިންތިޚާބުގައި ވާދަކުރަން ބޭނުންނަމަ ޗެއަރޕަސަން ކަމުން އިސްތިއުފާދޭން ފައްޔާޒު އަށް ރީކޯ މޫސަ ގޮވާލައިފި
ރިޔާސީ އިންތިޚާބުގައި ވާދަކުރަން ބޭނުންނަމަ ޗެއަރޕަސަން ކަމުން އިސްތިއުފާދޭން ފައްޔާޒު އަށް ރީކޯ މޫސަ ގޮވާލައިފި އެވެ.
އެމްޑީޕީގެ ކުރީގެ ޗެއަރޕަސަން މޫސާ މަނިކު (ރީކޯ) މިފަދައިން ގޮވާލާފައި މިވަނީ އެމްޑީޕީގެ ޗެއަރޕަސަން ފައްޔާޒު އިސްމާއީލް އެމްޑީޕީގެ ރިޔަސީ ޓިކެޓަށް ވަދަކުރައްވާނެކަން އިއްޔެ އިއުލާނުކުރެއްވުމުންނެވެ. މޫސަ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ އިދިކޮޅު ޕާޓީއެއްގެ ބޭނުން ރައްޔިތުންނަށް އިންތިހާއަށް ބޭނުންވެފައިވާ ވަގުތު ކަމަށެވެ. ރިޔާސީ އިންތިޚާބު އޮތީ 3 އަހަރާއި 6 މަސް ފަހުންކަން ފާހަގަކުރައްވާ މޫސަ ގޮވާލެއްވީ އެއިންތިޚާބުގައި ވާދަކުރައްވަން ބޭނުންނަމަ އެމްޑީޕީގެ މުދަލާއި, ފައިސާއާއި އިދާރީ ކަންކަން ނަހަމަގޮތުގައި ބޭނުންކޮށްގެން ކެމްޕެއިން ނުކުރައްވާ ޗެއަރޕަސަން ކަމުން އިސްތިއުފާ ދެއްވުމަށެވެ.
" މިޕާޓީގެ ޢާއްމު މެމްބަރުންގެ ރޫޙާ އެއްގޮތަށް ޕާޓީ ހިންގުމުގެ މަސައްކަތް ނުކުރެވޭނަމަ ވެރިން އިސްތިއުފާދެއްވާ" ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ނައިބުރައީސް ވިދާޅުވިއެވެ.
މޫސަ ވަނީ މިއަހަރުގެ މަސްވެރިންގެ ދުވަސް އެމްޑީޕީން ކުލަގަދަކޮށް ފާހަގަކުރަން ބޭނުންވާކަމަށް މަސްވެރިން ބުނާ ކަމަށެވެ. މޫސަ އެވާހަކަ ގެންނެވީ އެކަން ކުރުމަށް ގޮވާލާ މޭރުމުންނެވެ. މަސްވެރިންގެ ވާހަކަ ގެންނަވާފައި މިވަނީ އިއްޔެ މަސްމާރުކޭޓަށް ވަޑައިގެން ފައްޔާޒު މަސްވެރިންނާ ބައްދަލުކުރައްވާފައި ވަނިކޮށެވެ. އަދި އެކަމާ ގުޅިގެން ޕާޓީ ތެރޭގައި ނުތަނަވަސްކަމެއްވެސް އުފެދިފައި ވަނިކޮށެވެ. އެއީ ލީޑަރޝިޕްގެ ބައެއް ބޭފުޅުންނަށް އެނގިވަޑައިނުގެން ދިއުމުންނެވެ.
ރިއެކްޝަންސް