ނޭޝަންސް ލީގު: ކުއާޓާ ފައިނަލްގައި ޗެމްޕިއަން ސްޕެއިން ވާދަކުރާނީ ނެދަލެންޑްސްއާ
2010 ވަނަ އަހަރުގެ ވޯލްޑްކަޕް ފައިނަލްގެ ރީމޭކެއް ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލްސްގައި ފެނިގެންދާނެ
ޔުއެފާ ނޭޝަންސް ލީގުގެ 2025-2024 ގެ ކުއާޓާ ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަންސް ސްޕެއިން ނެދަލެންޑްސްއާ ވާދަކުރަން ޖެހިއްޖެއެވެ. ލީގު އޭގެ އެއްވަނަ އަދި ދެވަނަ ހޯދި ޓީމުތަކުގެ މެދުގައި ކުއާޓާފައިނަލްގެ ގުރުއަތުލުން ބޭއްވީ ރޭގައެވެ. ޔުއެފާ ނޭޝަންސް ލީގުގެ ހަތަރުވަނަ ސީޒަންގެ ކުއާޓާ ފައިނަލްގެ މެޗުތައް ކުޅޭނީ 2025 ވަނަ އަހަރުގެ މާރިޗު މަހުއެވެ.
ގުރުއަތުން ދިމާވިގޮތަށް ބަލާއިރު ސްޕެއިން އާއި ނެދަލެންޑްސްގެ އިތުރުން 2021 ގެ ޗެމްޕިއަން ފްރާންސުން ވާދާކުރާނީ އެންމެ ފަހުން ކުޅުނު ނޭޝަންސް ލީގުގެ ފައިނަލްގައި ސްޕެއިން އަތުން ބަލިވި ކްރޮއޭޝިއާ އާއެވެ. އަދި ފުރަތަމަ ސީޒަން, އެއީ 2019 ގެ ޗެމްޕިއަން ޕޯޗްގަލް ނިކުންނާނީ ޑެންމާކާ ދެކޮޅަށެވެ. އިޓަލީ ވާދަކުރާނީ ޖަރުމަނުވިލާތާއެވެ.
ސްޕެއިން ނެދަލެންޑްސް އާ ދެކޮޅަށް ނިކުންނައިރު އެދެޓީމުގެ އެންމެ ފަހުގެ ތިން ކުރިމަތިލުންވެސް ސްޕެއިންއަށް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ސްޕެއިން އެންމެ ފަހުން ނެދަލެންޑްސް އަތުން މޮޅުވީ 2010 ގައި ސައުތް އެފްރިކާގައި ބޭއްވި ފީފާ ވޯލްޑްކަޕްގައި 1-0 ނެވެ. 2010ގެ ވޯލްޑް ކަޕަށް ފަހު ދެޓީމުގެ ކުރިމަތިލުން އަނެއްކާވެސް ފެނިގެންގޮސްފައިވަނީ 2014ގެ ވޯލްޑްކަޕްގެ ފުރަތަމަ މެޗުގައެވެ. އެމެޗުން ތަފާތުބޮޑުކޮށް ނެދަލެންޑްސް މޮޅުވެފައިވާއިރު ޖެހިގެން އައި ރަހުމަތްތެރިކަމުގެ މެޗުގައިވެސް ނެދަލެންޑްސް ވަނީ 2-0 ން ސްޕެއިން ބަލިކޮށްފައެވެ. 2020 ވަނަ އަހަރު ކުޅުނު ރަޙްމަތްތެރިކަމުގެ މެޗު ނިމުނީ 1-1 ން ދެ ޓީމު އެއްވަރުވެގެންނެވެ.
ނެދަލެންޑްސްއާ ސްޕެއިން ބައްދަލުކޮށް މޮޅުވާ ޓީމެއް ސެމީގައި ބައްދަލުކުރަންޖެހޭނީ ފްރާންސް އާއި ކްރޮއޭޝިއާ ބައްދަލުކޮށް މޮޅުވާ ޓީމަކާއެވެ. 2018 ވަނަ އަހަރުގެ ވޯލްޑްކަމުގައި ހިތްދަތިގޮތަކަށް ކްރޮއޭޝިއާ ބަލީވީ ފްރާންސް އަތުންނެވެ. ކްރޮއޭޝިއާ ވަނީ 2022 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ސެމީއަށްވެސް ދަތުރުކޮށްފައެވެ.
އަންމަ މާރިޗުމަހު ކުއާޓާ ފައިނަލްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ދެ ލެގަކަށް ބަހާލައިގެންނެވެ. ސެމީފައިނަލްގެ މެޗުތަކާއި އެކު ފައިނަލް އަދި ތިންވަނަ ހޮވާ މެޗުތައް ކުރިއަށް ދާނި ޖޫން މަހުއެވެ.
ނޭޝަންސް ލީގުގެ ކްއާޓާ ފައިނަލް މެޗުތަކާ ހަމައަށް އައިއިރު ލީގު އޭގައި އެންމެ ގިނަ ގޯލް ކާމިޔާބުކޮށްފައިވަނީ ޕޯޗްގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.
ރިއެކްޝަންސް