ހުޅުމާލެއިން ގޯތި ލިބުނު މީހުންނާ ގޯތި ހަވާލުކޮށް ނިމިއްޖެ
ހުޅުމާލެއިން ގޮތި ހަވާލުކުރަނީ: ފޮޓޯ-ހައުސިންގ މިނިސްޓްރީ

ހުޅުމާލެއިން ގޯތި ލިބުނު މީހުންނާ ގޯތި ހަވާލުކޮށް ނިމިއްޖެ

ހުޅުމާލެދިން ދެނީ 1351 ގޯތި

2 years ago - 08:29
Oct 29, 2024 - 08:31
Advertisement
Advertisement

ހުޅުމާލެއިން ގޯތި ލިބުނު މީހުންނާ ގޯތި ހަވާލުކޮށް ނިމިއްޖެކަމށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުނެފިއެވެ. އެވުޒާރާއިން ބުނީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާއި އެއްގޮތައް އޮކްޓޯބަރ މަސް ނިމުމުގެ ކުރިން ހުޅުމާލެ ފޭސް 2 އިން ގޯތި ލިބިފައިވާ ފަރާތް ތަކުގެ ގޯތި ހަވާލުކޮށް ނިމިފައިވާ ކަމަށެވެ. ގޯތިތައް ހަވާލުކޮށް ނިންމީ އިއްޔެއެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރީ މިދިޔަ ސަރުކާރުންނެވެ. އެގޮތުން 9003 ގޯތި ދޫކުރި އެވެ. އެއީ ހުޅުމާލެ އާއި ގިރާވަރުފަޅާއި, ގުޅީ ފަޅުންނެވެ. ހުޅުމާލެއިން ދޫކުރީ 1351 ގޯއްޗެވެ. ހައުސިންގ މިނިސްޓްރީން އިއްޔެ ބުނީ އެގޯތިތައް ހަވާލުކޮށް ނިމުނު ކަމަށެވެ. ގުޅީފަޅުން 2219 ގޯތި އަދި ގިރާވަރުފަޅުން 5433 ގޯތި ވަނީ ދޫކޮށްފައެވެ.

މިސަރުކާރުން ބުނެފައިވަނީ މިދިޔަ ސަރުކާރުން ގޯތި ދޫކޮށްފައިވަނީ ކަނޑުފަޅުން ކަމަށެވެ. އެތަންތަން ހިއްކައިގެން ގޯތި ދޭނީ މިސަރުކާރުން ކަމަށް ވަނީ ބުނެފައެވެ.

ހުޅުމާލޭގެ ގޯތިތައް ހަވާލުކުރި ނަމަވެސް ފްލެޓް ލިސްޓް މިމަހުގެ ނިޔަލަށް އިއުލާނުކުރާނެ ކަމަށް ބުނުމަށްފަހު, އެކަން ވަނީ ނޮވެމްބަރު މަހަށް ފަސްކޮށްފައެވެ. ފަސްކުރީ އިތުރު ވަގުތު ބޭނުންވާ ކަމަށް ބުނެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement