ފުރަތަމަ ފަހަރަށް އދ. ގެ އަންހެނުންގެ ކޮމިޝަނަށް ރާއްޖެ އިންތިހާބުވެއްޖެ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު / ފޮޓޯ: ރައީސް އޮފީސް

ފުރަތަމަ ފަހަރަށް އދ. ގެ އަންހެނުންގެ ކޮމިޝަނަށް ރާއްޖެ އިންތިހާބުވެއްޖެ

12 months ago - 21:47
Apr 4, 2025 - 22:02
Advertisement
Advertisement

ރާއްޖެ ފުރަތަމަ ފަހަރަށް އދ.ގެ ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެން (ސީއެސްޑަބްލިއު) ގެ މެމްބަރަކަށް އިންތިޚާބު ވެއްޖެއެވެ.

ރާއްޖޭގެ މި ކާމިޔާބީ ފާހަގަ ކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖެއާ އެކު އާ ދައުރަށް އިންތިޚާބުވި ހުރިހާ ޤައުމުތަކަށް ތަޙުނިޔާ ވިދާޅުވެފަ އެވެ.

ސޯސަލްމީޑިއާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވީ، މިއީ ރާއްޖެއަށް ލިބުނު ޝަރަފެއް ކަމަށާއި، އަންހެނުންގެ ޙައްޤުތައް ޙިމާޔަތްކުރުމަށް ކުރެވޭ މަސައްކަތުގައި ރާއްޖެ އަބަދުވެސް އޮންނާނީ ތައްޔާރަށް ކަމަށެވެ.

އދ. ގެ މި ކޮމިޝަނަކީ އަންހެނުންގެ ޙައްޤުތަކަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ އެންމެ ބޮޑު އެއް ޖަމްޢިއްޔާއެވެ. ރާއްޖެ މި ކޮމިޝަނަށް އިންތިޚާބުވެފައިވަނީ 2026 އިން 2030 އަށެވެ. މިއީ ރާއްޖެ މި ކޮމިޝަނަށް އިންތިޚާބުވި ފުރަތަމަ ފަހަރެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement