ޓްރެއިނިންގ އޮފިސަރުންގެ ބައިވެރިވުމާއެކު 8 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
ހުޅުމާޮޓޯ-އިލެއިން ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަސް ގެންދަނީ: ފޮޓޯ-އިމިގްރޭޝަން

ޓްރެއިނިންގ އޮފިސަރުންގެ ބައިވެރިވުމާއެކު 8 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

12 days ago - 10:44
Oct 6, 2024 - 11:56
Advertisement

ޓްރެއިނިންގ އޮފިސަރުންގެ ބައިވެރިވުމާއެކު 8 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ 8 ބިދޭސީން އެމުއައްސަސާގެ ބެލުމުގެ ދަށަށް ގެންދިޔައީ ހުޅުމާލޭގެ ދެ އެކޮމަޑޭޝަން ބްލޮކަކުން ކަމަށެވެ. މިއީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް އިމިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ދަށުން އަތުލައިގަތް 8 ބިދޭސީން ކަމަށް އިމިގްރޭޝަނުން ބުންޏެވެ. މި ރެއިޑްގައި އަލަށް އިމިގްރޭޝަނަށް ވަންނަ އޮފިސަރުންނަށް ދޭ ހާއްސަ ތަމްރީނުގެ ދަށުން "އިމިގްރޭޝަން އޮފިސަރ ޓްރެއިނީސް" ބައިވެރިވި ކަމަށް އެއިދާރާއިން ބުންޏެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން މެދުނުކެނޑި ބޮޑު އޮޕަރޭޝަނެއް ދަނި ކުރިއަށް ގެންދަމުންނެވެ. އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްއާން ވަހިދު ވިދާޅުވެފައިވަނީނ ތިން އަހަރުގެ ތެރޭގައި ބިދޭސީންގެ މައްސަލަ ހައްލު ކުރެވޭނެ ކަމަށެވެ. މަސައްކަތް ކުރަމުން ދަނީ އެއަމާޒަށް ކަމަށް ވިދާޅުވިއެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ އޮޕަރޭޝަން ވަރަށް އަވަހަށް އަތޮޅު ތެރެއަށް ފުޅާކުރާނެ ކަމުގެ ޔަގީންކަންވެސް ވަނީ ދީފައެވެ.

Advertisement

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement