ދަރިވަރަކު ރަހީނު ކުރުމުގެ ސީރިއަސް މައްސަލައެއް!
ރަހީނުކުރީ ލ.ގަމުގައި

ދަރިވަރަކު ރަހީނު ކުރުމުގެ ސީރިއަސް މައްސަލައެއް!

16 days ago - 11:35
Advertisement

ލ.ގަމުގައި ދަރުވަރަކު އޭނާގެ ގޭގައި ހުއްޓާ ގެންގޮސް ރަހީނުކުރުމުގެ ސީރިއަސް މައްސަލައެއް ފެންމަތިވެ, ފުލުހުން ބަލަން ފަށައިފިއެވެ.

މިމައްސަލަ ފެމްނަތިވީ ރަހީނުކުރި ކުއްޖާގެ މަންމަ ފޭސްބުކްގައި މިކަން ސަމާލުކަމަށް ގެނައުމުންނެވެ. ކުއްޖާގެ މަންމަ ފޭސްބުކްގައި ލިޔެފައިވަނީ އޭނާގެ ދަރިފުޅު ގޭގައި ނިދާފައި އޮއްވާ, ކުޑަދޮރުން ވަދެ މަރުގެ އިންޒާރު ދީގެން ގެއިން ބޭރަށް ގެންގޮސް ދަރިފުޅު ރަހީނު ކުރި ކަމަށެވެ. މަންމަ ލިޔެފައިވަނީ އޭނާގެ ދަރިފުޅު ރުށްދަނޑެއްގެ ތެރެއަށް ވައްދާ ބަރަހަނާކޮށް, ދަނޑިބުރިއަކުން ތަޅާ އަނިޔާކޮށް އަދި އެމަންޒަރު ވީޑިއޯ ކުރުމަށްފަހު ބްލެކް މެއިލް ކުރި ކަމަށެވެ. އެމީހުން ބްލެކް މެއިލް ކުރީ ފައިސާ ނުދީފިނަމަ ވީޑިއޯ ލީކްކޮށްލާނެ ކަމަށް ބުނެ އިންޒށރު ދީގެންނެވެ. ބެލްކެ މެއިލް ކުރި ކުދިންނާ އެއް އުމުރުގެ ކުދިން ތިބި އިންސްޓާ ގްރޫޕަކަށް ވީޑިއޯ ލުމަށްފަހު ދަރިފުޅަށް މަރުގެ އިންޒާރު ދިން ކަމަށްވެސް ކުއްޖާގެ މަންމަ ލިޔެފައި ވެއެވެ.

" މިއަށްވުރެ ވަކި ސީރިއަސް ކްރައިމްއެއް ވަކި ކޮބާ ހެއްޔެވެ! މިއީ ގްރޭޑް 9 ގައި އުޅޭ ކުއްޖެއް އިސްވެހުރެ ގްރޫޕަކުން ހިންގި އަމަލެއްވީމާ މިފަހަރުވެސް އޮންނާނީ އޭނާގެ ހައްގެވެ. އަހަރެންގެ ދަރިފުޅަށް އިންސާފް ހޯދައިދޭނީ ކިހިނެއް ހެއްޔެވެ!" ކުއްޖާގެ މަންމަ ލިޔެފައި ވެއެވެ.

ފުލުހުން ބުނީ އެފަދަ މައްސަލައެއް ސޯޝަލް މީޑިޔާއިން ސަމާލުކަމަސް އައިސްފައިވާ ކަމަށެވެ. އަދި އެމައްސަލަ ބަލަމުންދާ ކަމަށެވެ. ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން މިކަމާ ގުޅޭ މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

Advertisement

ރަހީނު ކުރި ކުއްޖާގެ އުމުރެއް އަދި ޖިންސެއް ސާފެއް ނޫނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement