ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ ގަވާއިދުގެ ތެރޭން ނައްތާލުމަށް ހަމަޖެހިފައިވާ ވެހިކަލްތަކެއް – ފުލުހުން
ފުލުހުން ވެހިކަލްއިން ސައިކަލް ވައްޓާލަނީ

ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ ގަވާއިދުގެ ތެރޭން ނައްތާލުމަށް ހަމަޖެހިފައިވާ ވެހިކަލްތަކެއް – ފުލުހުން

9 days ago - 16:47
Sep 7, 2024 - 17:02
Advertisement

ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ ގަވާއިދުގެ ތެރޭން ނައްތާލުމަށް ހަމަޖެހިފައިވާ ވެހިކަލްތަކެއް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ ފުލުހުން ޓޯކުރި ވެހިކަލްތަކެއް ވެހިކަލުން ބިންމައްޗަށް އުކާ މަންޒަރެވެ. މޭރީބްރައުން ކައިރި އޮންނަ ފުލުހުންގެ ޓޯޔާޑަށް ވެހިކަލަކަށް އަރުވައިގެން ގެންދިޔަ ވެހިކަލްތަކެއްގެ ތެރެއިން ދެ ސައިކަލެއް ވައްޓާލާ މަންޒަރު ވީޑިއޯއިން ފެނެއެވެ. އެކަމާ ގުޅިގެން ފުލުހުން މީޑިޔާއަށް ބުނީ އެއީ އިއްޔެ ގަވާއިދުގެ ތެރޭން ނައްތާލަން ހަމަޖެހިފައިވާ ވެހިކަލްތަކެއް ގެންދާ މަންޒަރު ކަމަށެވެ.

ފުލުހުން ބުނީ އެއީ ހުޅުމާލެއިން ނައްތާލަން ގެނައި ވެހިކަލްތަކެއް ކަމަށެވެ. ވެހިކަލްތަކުގެ ތަފްސީލްވެސް ފުލުހުން ވަނީ ހިއްސާކޮށްފައެވެ. ފުލުހުން ބުނިގޮތުގައި އެއީ:

- 2 ފުރޮޅުލީ  247 އުޅަނދު

Advertisement

- 4 ފުރޮޅުލީ 29 އުޅަނދު

- ބައިސްކަލް - 223

- އެމްބިއުލަންސް - 1

ފުލުހުން ބުނީ އެވެހިކަލްތައް މިހާރު ނައްތާލާފައިވާ ކަމަށެވެ. އަދި އެކަން ކުރީ ގަވާއިދުގެ ތެރޭން ކަމުގެ ޔަގީންކަން ފުލުހުން ދިނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement