ކޮންގްރެސް ޕާޓިއަށް 70،000 އަށް ވުރެން ގިނަ މެންބަރުން، މިއީ ރެކޯޑު އަދަދެއް!
ރާއްޖޭގައި މި ވަގުތުވެސް އެންމެ ގިނަ މެމްބަރުން ހިމެނޭ ކޮންގްރެސް ޕާޓީއަށް 70،000 މެމްބަރުން ހަމަވެއްޖެއެވެ.
އެމްއެމްޓީވީގެ ބޮޑުޚަބަރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން، ކޮންގްރެސް ޕާޓީގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފް ވިދާޅުވީ މިހާރު ޕާޓީގައި ތިބި މެންބަރުންގެ އަދަދު 70،000 އަށް ވުރެން އިތުރުވެފައިވާ ކަމަށާއި، މިކަމުން ހާމަވަނީ ޑރ. މުހައްމަދު މުއިއްޒުގެ ހަރުދަނާ ސިޔާސަތުގެ ސަބަބުން ދިވެހި ރައްޔިތުންގެ ކޮންގްރެސް ޕާޓީއަށް ކުރާ އިތުބާރު ކުރިއަށް ވުރެން ބޮޑުތަނުން އިތުރުވެފައިވާ ކަމަށެވެ.
މުހައްމަދު ހުސައިން ޝަރީފް އިތުރަށް ފާހަގަކުރެއްވިގޮތުގައި، ޕީއެންސީގެ ކޮންގްރެސްގައި 1،300 އެއްހާ މެމްބަރުން ބައިވެރިވާނެކަމަށާއި، މި ކޮންގްރެސް ހަތަރު ދުވަހުގެ ނިޔަލަށް ކުރިއަސްގެންދިއުމަށް ރާވާފައިވާ ކަމަށެވެ. އަދި މިކަމުންވެސް ހާމަވަނީ ޕާޓީގެ އެތެރޭގެ ސިޔާދަތު ހަރުދަނާކަމަށާއި އަދި އެކަމަށް ޕާޓިގެ މެންބަރުންގެ ތެރެއިން އޮތް ވާދަވެރިކަމެވެ. އަދި މިއީ މިހާތަނަށް ސިޔާސީ ޕާޓިއެއްގެ ކޮންގްރެސްގައި މެންބަރުން ބައިވެރިވި އެންމެ ގިނަ އަދަދު ކަމަށްވެސް މުހައްމަދު ހުސައިން ޝަރީފް ފާހަގަކުރެއްވިއެވެ.
އިލެކްޝަން ކޮމިޝަނުގެ ދަފްތަރުގައި ސިޔާސީ ޕާޓީތަކަށް މެމްބަރުން ބެހިފައިވާގޮތަށް ބަލާއިރު މިހާރު އެންމެ މެންބަރުން ގިނަ ޕާޓީގެ ގޮތުގައި އޮތް ކޮންގްރެސް ޕާޓީގައި 67،579 މެމްބަރުން އެބަތިއްބެވެ. އެމްޑީޕީގައި 55،399 މެންބަރުން ތިބި އިރު ޖުމްހޫރީ ޕާޓީގައި ތިބީ 10،401 މެމްބަރުންނެވެ.
ރިއެކްޝަންސް

