2030 ވަނަ އަހަރު އަންނައިރު ހުރިހާ މާލީ މުއާމަލާތެއް ދިވެހި ފައިސާއަށް ބަދަލުކުރުމަކީ އަމާޒެއް: ގަވަރުނަރު

2030 ވަނަ އަހަރު އަންނައިރު ހުރިހާ މާލީ މުއާމަލާތެއް ދިވެހި ފައިސާއަށް ބަދަލުކުރުމަކީ އަމާޒެއް: ގަވަރުނަރު

9 hours ago - 15:53
Advertisement
Advertisement

ރާއްޖޭގައި ކުރެވޭ އެންމެހައި މާލީ މުއާމަލާތްތައް 2030 ވަނަ އަހަރު އަންނައިރު ދިވެހި ފައިސާއިން ކުރާ ގޮތަށް ބަދަލުތަކެއް ގެނައުމަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އަމާޒެއް ކަމަށް އެ އޮތޯރިޓީގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.


ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ގަވަރުނަރު މުނައްވަރު ވިދާޅުވީ، ރާއްޖެ ވާންޖެހޭނީ ހުރިހާ މުއާމަލާތެއް ދިވެހި ރުފިޔާއިން ހިންގާ ޤައުމަކަށް ކަމަށެވެ. އަދި މިވަގުތު ރާއްޖޭގައި ބޭރު ފައިސާ ބޭނުންކުރާ މިންވަރު %40 އަށް ވުރެ މަތީގައި އޮތުމުން، މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމާއި، ފަތުރުވެރިކަމުގެ ދާއިރާއިން ސަރުކާރަށް ދައްކަންޖެހޭ ބިމު ކުލި ބޭރު ފައިސާއިން ދެއްކުން ފަދަ ކަންކަމަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ވިދާޅުވިއެވެ. މީގެ ސަބަބުން ދިވެހި ރުފިޔާއަށް އޮންނަ ޑިމާންޑު ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


މީގެއިތުރުން، އިޤްތިޞާދަށް މެކްރޯ ބަދަލުތަކަކާއި ބަޖެޓުގެ ސިޔާސަތަށް ސްޓެބިލައިޒޭޝަން ގެންނަން ޖެހޭ ކަމަށާއި، އެމްއެމްއޭގެ ތަސައްވުރަކީ ވަރުގަދަ ރިޒާވެއް އޮވެގެން "މެނޭޖްޑް-ފްލޯޓް" އެކްސްޗޭންޖް ރޭޓް ނިޒާމަކަށް ވާސިލުވުން ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.


މި އަމާޒަށް ވާސިލުވުމަށްޓަކައި، ބޭރު ފައިސާއާ ބެހޭ ޤާނޫނަށް މުހިންމު އިސްލާހުތަކެއް ހުށަހަޅަން ނިންމާފައިވާކަން ގަވަރުނަރު ހާމަކުރެއްވިއެވެ. އޭގެ ތެރޭގައި، ރިސޯޓްތަކަށް ލިބޭ ޑޮލަރުގެ %20 މާރުކުރަން އޮތް މާއްދާ %40 އަށް ބަދަލުކުރުމާއި، ކޮންމެ 3 މަހަކުން ޑޮލަރު މާރުކުރަން އޮންނަ އޮތުން ކޮންމެ 1 މަހަކުން މާރުކުރާ ގޮތަށް ބަދަލުކުރުމުގެ އިތުރުން، ޑޮލަރުން ލިބޭ އާމްދަނީ ހޭދަކުރާ ގޮތް މޮނިޓަރ ކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުން ހިމެނެއެވެ.

ސަރުކާރުން މިހާރު މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުތަކުގައި، ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން އޮތް އޮތުން އުވާލައި، އާމްދަނީގެ %20 މާރުކުރަން ޖެހޭ ގޮތަށް ވަނީ ބަދަލުކޮށްފައެވެ. އަދި ޓޫރިޒަމާއި މާލީ އިދާރާތައް ފިޔަވައި %100 ދިވެހިން ހިއްސާވާ ވިޔަފާރިތަކަށް ލުއިތަކެއް ދިނުމަށާއި، ބޭރު ފައިސާގެ އާމްދަނީ ބޭންކު އެކައުންޓަށް ޖަމާކުރުން ލާޒިމުވާ މިންވަރު އަހަރަކު 15 މިލިއަން ޑޮލަރުން 25 މިލިއަން ޑޮލަރަށް މަތިކުރުމަށްވެސް ވަނީ ހިމަނާފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement