ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭވެހުނީ ހުޅުމާލެއާއި ދަރަވަންދޫއަށް

ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭވެހުނީ ހުޅުމާލެއާއި ދަރަވަންދޫއަށް

13 hours ago - 14:19
Advertisement
Advertisement

ފާއިތުވި 24 ގަޑިއިރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހިފައިވާއިރު، އެންމެ ގިނައިން ވާރޭވެހުނު ކަމަށް ރެކޯޑު ކުރެވިފައިވަނީ ހުޅުމާލެއާއި ބ. ދަރަވަންދޫއަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހާމަކޮށްފިއެވެ.


މެޓް އޮފީހުން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، އިއްޔެ ހެނދުނު 08:00 އިން މިއަދު ހެނދުނު 08:00 އާ ހަމައަށް ހުޅުމާލެއަށް 84.2 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. އަދި ދަރަވަންދޫއަށް 83.5 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ރެކޯޑު ކުރެވިފައިވެއެވެ.


ލިސްޓުގެ ތިންވަނައިގައި އއ. ތޮއްޑޫ އޮތްއިރު، އެ ރަށަށް 72.3 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ. މީގެ އިތުރުން ސ. ހިތަދޫއަށް 70.6 މިލިމީޓަރު، ހުޅުލެއަށް 69 މިލިމީޓަރު، މާލެއަށް 66 މިލިމީޓަރު އަދި ގއ. ގެމަނަފުއްޓަށް 61.6 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.


ރާއްޖޭގެ އެހެން ބައެއް ރަށްތަކަށް ވެހުނު ވާރޭގެ މިންވަރަށް ބަލާއިރު:

ފ. ބިލެއްދޫ: 55.5 މިލިމީޓަރު
ގއ. ކޫއްޑޫ: 54.5 މިލިމީޓަރު
ލ. ކައްދޫ: 52 މިލިމީޓަރު
ޏ. ފުވައްމުލައް: 48 މިލިމީޓަރު
ފ. ނިލަންދޫ: 47.8 މިލިމީޓަރު

މޫސުން ގޯސްވެފައިވާތީ، މެޓް އޮފީހުން ވަނީ މިއަދު ހެނދުނު 11:30 އިން ހަވީރު 15:30 އާ ހަމައަށް ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފައެވެ. ކުރިއަށް އޮތް ވަގުތުތަކުގައި ވެސް ބޯކޮށް ވާރޭވެހި، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެއެވެ.


އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭތީ، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement