ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ މަޢުލޫމާތު ފޯރުކޮށްދިނުމަށް ޚާއްސަ ވައިބަރ ކޮމިއުނިޓީތަކެއް އިފްތިތާޙްކޮށްފި

ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ މަޢުލޫމާތު ފޯރުކޮށްދިނުމަށް ޚާއްސަ ވައިބަރ ކޮމިއުނިޓީތަކެއް އިފްތިތާޙްކޮށްފި

3 hours ago - 20:19
Advertisement
Advertisement

ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ރައްޔިތުންނަށް އަވަސްކަމާއެކު ފޯރުކޮށްދިނުމަށްޓަކައި، ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ޚާއްސަ ވައިބަރ ކޮމިއުނިޓީތަކެއް އުފައްދައިފިއެވެ.


މި ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ކުރިއަށްދާ މަޝްރޫޢުތަކާއި، "ބިންވެރިޔާ" ސްކީމްގެ މަޢުލޫމާތުތައް ދެފުށް ފެންނަ ގޮތެއްގައި ރައްޔިތުންނާ ހިއްސާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.


މިގޮތުން ވުޒާރާއިން ވަނީ ބޯހިޔާވަހިކަމުގެ އެކި މަޝްރޫޢުތަކަށް ޚާއްސަކޮށްގެން ޖުމްލަ 4 ވައިބަރ ކޮމިއުނިޓީއެއް އުފައްދާފައެވެ. މީގެ ތެރޭގައި ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކަށް ޚާއްސަކޮށްގެން އުފެއްދި 3 ކޮމިއުނިޓީއެއް ހިމެނެއެވެ. އެއީ:

"ބިންވެރިޔާ ހުޅުމާލެ" ވައިބަރ ކޮމިއުނިޓީ
"ބިންވެރިޔާ ގުޅިފަޅު" ވައިބަރ ކޮމިއުނިޓީ
"ބިންވެރިޔާ ގިރާވަރުފަޅު" ވައިބަރ ކޮމިއުނިޓީ
"ބޯހިޔާވަހިކަން އެންމެންނަށް" ވައިބަރ ކޮމިއުނިޓީ

މި ކޮމިއުނިޓީތަކުގެ ތެރެއިން "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ހިންގާ ފުރަތަމަ ސްކީމް ސަރުކާރުން އިޢުލާނުކޮށްފައިވަނީ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ. މި ބޮޑު މަޝްރޫޢުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދާއި އަލަށް ތަރައްޤީކުރާ ރަސްމާލެ ހިމެނޭހެން 15,000 ގޯއްޗާއި، މާލެ ސަރަހައްދުން 7,900 ފްލެޓް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ވައިބަރ ކޮމިއުނިޓީތަކުގެ ސަބަބުން، ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ކުރިމަތިލާފައިވާ ފަރާތްތަކަށާއި ގޯތި ލިބިފައިވާ ފަރާތްތަކަށް، އެ ފަރާތްތަކުގެ ގޯއްޗާއި ފްލެޓާ ގުޅޭ އެންމެ ފަހުގެ ތަފްޞީލުތައް ފަސޭހަކަމާއެކު ބަލާލެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement