ޕީއެންސީގެ ދާއިރާތަކުގެ އިންތިޚާބަށްފަހު 2500 އަށްވުރެ ގިނަ މެންބަރުން އިންތިޚާބީ މަޤާމުތަކުގައި ހަރަކާތްތެރިވާނެ

ޕީއެންސީގެ ދާއިރާތަކުގެ އިންތިޚާބަށްފަހު 2500 އަށްވުރެ ގިނަ މެންބަރުން އިންތިޚާބީ މަޤާމުތަކުގައި ހަރަކާތްތެރިވާނެ

2 hours ago - 20:26

ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދާއިރާތަކުގެ އިންތިޚާބު އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ތައްޔާރުވެފައިވާކަން އެ ޕާޓީން ހާމަކޮށްފިއެވެ. މި އިންތިޚާބަށްފަހު ޕާޓީގެ އެކި އެކި އިންތިޚާބީ މަޤާމުތަކުގައި 2500 އަށްވުރެ ގިނަ މެންބަރުން ހަރަކާތްތެރިވާނެ ކަމަށް އެ ޕާޓީން ބުނެއެވެ.


ޕީއެންސީގެ ތަރުޖަމާނު އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، މިއީ ޕާޓީއަށް ލިބޭ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. މި އިންތިޚާބުގައި ހޮވޭ ފަރާތްތަކަކީ ޕާޓީ ކުރިއަރުވައި، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ރަށްރަށާއި ދާއިރާތަކުގެ ފެންވަރުގައި މަސައްކަތްކުރާނެ ފަރާތްތަކެއްކަން އޭނާ ފާހަގަކުރެއްވިއެވެ.


ފިރުޒުލް ވިދާޅުވީ ވޯޓުލުން ކުރިއަށްދާނީ އިންތިޚާބުކުރަންޖެހޭ އަދަދަށްވުރެ ގިނައިން މަގާމުތަކަށް ކުރިމަތިލާފައިވާ ދާއިރާތަކުގައިކަމަށާއި، 131 ރަށު ދާއިރާގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނެކަމަށެވެ.

މާލޭގެ އިތުރުން ރަށްރަށުގައިވެސް ވޯޓުލުން ކުރިއަށް ގެންދާއިރު، މި އިންތިޚާބުގެ ވޯޓާސް ލިސްޓު މިހާރުވަނީ އާންމުކޮށްފައެވެ. ވޯޓާސް ލިސްޓުގެ ގޮތުގައި ބަލަނީ އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީވެފައިވާ ޕީއެންސީގެ މެމްބަރުންގެ ދަފުތަރަށެެވެ. އެގޮތުން އިންތިޚާބުގައި ވޯޓުލެވޭނީ މިދިޔަ ޖޫންމަހުގެ 15ވަނަ ދުވަހުގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނުގައި އެޕާޓީގެ ނަމުގައި ދަފްތަރުވެފައިވާ މެމްބަރުންނަށް އެކަނިކަމަށް ޕީއެންސީން މައުލޫމާތުދެއްވައެވެ. ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ އިތުރުން އިންތިޚާބާ ގުޅޭ އެކިއެކި ކަންކަމުގައި ޝަކުވާ ހުށަހެޅުމުގެ ފުރުޞަތުވެސް ޕާޓީގެ ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފައިވާކަމަށް އެޕާޓީން ބުންޏެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow