ޑްރޯން ގަތުމަކީ ސަރުކާރުން ކުރި ރަނގަޅު އިންވެސްޓްމެންޓެއް: ޢުމަރު

ޑްރޯން ގަތުމަކީ ސަރުކާރުން ކުރި ރަނގަޅު އިންވެސްޓްމެންޓެއް: ޢުމަރު

ކުރީގެ ވަޒީރު ޢުމަރު ނަސީރު ވިދާޅުވީ ޑްރޯން އަކީ ސިފައިންގެ "ޑިސްޕޯސަލް"ގައި ހުންނަން ޖެހޭ އެއްޗެއް ކަމަށް

1 month ago - 16:00
Advertisement

ދިވެހި އަސްކަރިއްޔާއަށް ޑްރޯން ގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވީ ރަނގަޅު އިންވެސްޓްމެންޓެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ޢުމަރު ނަސީރު މިފަދައިން ވިދާޅުވީ ރާއްޖޭގެ އަމިއްލަ މީޑިއާއަކަށް ދެއްވި އިންޓަރވިއުއެއްގައެވެ.

ދިވެހި އަސްކަރިއްޔާގައިވެސް މަސައްކަތް ކުރައްވާފައިވާ ކުރީގެ ވަޒީރު ޢުމަރު ނަސީރު ވިދާޅުވީ ޑްރޯން އަކީ ސިފައިންގެ "ޑިސްޕޯސަލް"ގައި ހުންނަން ޖެހޭ އެއްޗެއް ކަމަށެވެ.

ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދު ބެލެހެއްޓުމަށްޓަކައި މި ސަރުކާރުން ވަނީ އަސްކަރީ ތިން ޑްރޯން ގެނެސްފައެވެ.

Advertisement

އަދި އިޤްތިޞާދީ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލްކަން އިތުރު ކުރުމުގެ ގޮތުން ދިވެހި އަސްކަރިއްޔާގައި ވައިގެ ސިފައިންގެ ޚިދުމަތާއެކު އެމް.އެން.ޑީ.އެފް އެއާ ކޯޕްސް އުފެއްދެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

ތުރުކީން ގަނެގެން ގެނެސްފައިވަނީ "ބައިރަކްތާރު ޓީބީ2" ގެ ތިން ޑްރޯންއެވެ.

އެންމެ ޒަމާނީ އަސްކަރީ އަދި މުވާސަލާތީ އާލަތްތަކާ އެކު އުފައްދާފައިވާ މި ޑްރޯން އަކީ 27 ގަޑިއިރަށް ވުރެ ގިނަ އިރު 25،000 އަށް ވުރެ ގިނަ ފޫޓު މަތިން އުދުއްސޭ އުޅަނދުތަކެއްކަން ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

އަސްކަރީ މި ޑްރޯންތައް ބޭނުންކޮށްގެން އެމް.އެން.ޑީ.އެފްއިން ވަނީ ފުރަތަމަ ފަހަރަށް މިދިޔަ އެޕްރީލްމްސްތެރޭގައި ރެސްކިއު އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ހިންގާފައެއެވެ.

ދިވެހި އަސްކަރިއްޔާގެ އެއާ ވިންގާއި ޑްރޯންތައް އިފްތިތާހް ކުރުމަށް ނ.މާފަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ވައިގެ ސިފައިންގެ ބޭނުމަށް އިތުރު އުޅަނދުތައް ހޯދުމުގެ އިތުރުން ކަނޑާއި އެއްގަމުގެ އުޅަނދުތައް ވެސް ކުރިމަގުގައި އިތުރުކުރައްވާނެ ކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement