ފަސޭހައިން ޤާނޫނު އަސާސީ ބަދަލުނުކުރެވޭނެ ގޮތެއް ހަދަން ޖެހޭ- ގާސިމް
ގާސިމް އިބްރާހީމް

ފަސޭހައިން ޤާނޫނު އަސާސީ ބަދަލުނުކުރެވޭނެ ގޮތެއް ހަދަން ޖެހޭ- ގާސިމް

ޤާނޫނު އަސާސީ ބަދަލުކުރުމުގެ ބާރު ޕީއެންސީއަށް ލިބޭ

1 month ago - 11:37
Aug 7, 2024 - 11:47
Advertisement

ފަސޭހައިން ޤާނޫނު އަސާސީ ބަދަލުނުކުރެވޭނެ ގޮތެއް ހަދަން ޖެހޭ ކަމަށް މާމިނގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ގާސިމް ވިދާޅުވީ އެހެން ހަދަން ޖެހެނީ ކަނޑައެޅިގެން ބައެއްގެ ވިސްނުމަށް އަންނަ ހިޔާލާތެއްގެ ސަބަބުން އަސާސީ ހައްގަކަށް ނުވަތަ އިސްލާމް ދީނާ ހިލާފްވާފަދަ ބަދަލެއްވެސް ގެނެސްފާނެތީ ކަމަށެވެ. ޤާނޫނު އަސާސީއަށް ބަދަލު ގެނައުމަށް ރައްޔިތުންގެ މަޖިލިހަށް މިހާރު ލިބޭ ބާރަށް ކޮންމެވެސް ކަހަލަ މެކޭނިޒަމްއެއް ލާން ޖެހޭ ކަމަށް ގާސިމް ވިދާޅުވިއެވެ.

 

"މެޖޯރިޓީ ލިބުނީމަ ޤާނޫނު އަސާސީއަށް ބަދަލު ގެންނައިރު އެވެދާނެ އަޅުގަނޑުމެންގެ މެޖޯރިޓީ ބޭނުންނުވާ ގޮތްކަމަށްވެސް." - ގާސިމް

Advertisement

 

މިހާތަނަށް ޤާނޫނު އަސާސީއަށް ގެނައި އެންމެ ބޮޑު އިސްލާހަކީ ބޭރު ފަރާތްތަކަށް ރާއްޖެއިން 99 އަހަރަށް ބިން މިލްކް ކުރެވޭ ގޮތަށް ގެނައި އިސްލާހެވެ. އެއީ 18 ވަނަ ރައްޔިތުންގެ މަޖިލިހުގައި ރައީސް ޔާމީންގެ ޒައާމަތުގައި ގެނައި ބަދަލެކެވެ. އެމާއްދާ އަލުން ބަދަލުކުރީ މިދިޔަ އެމްޑީޕީ ސަރުކާރުންނެވެ.

އެމްޑީޕީ ސަރުކާރުމް ވަނީ އެޕާޓީއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ބޭނުންކޮށްގެން ލޯކަލް ކައުންސިލްތަކުގެ ދައުރު ތިން އަހަރުން ފަސް އަހަރަށް ބަދަލުކޮށްފައެވެ. މިހާރު ސުޕަރ މެޖޯރިޓީ އޮތް ޕީއެންސީން ވެސް ވަނީ ޤާނޫނު އަސާސީއަށް ބަދަލުތަކެއް ގެންނާނެ ކަމަށް ބުނެފައެވެ.

ޤާނޫނު އަސާސީގެ 261 ވަނަ މާއްދާގައި ވަނީ ޤާނޫނު އަސާސީއަށް އިސްލާހެއް ގެނެވޭނީ ރައްޔިތުންގެ މަޖިލިހުގެ ޖުމްލަ މެމްބަރުންގެ ހަތަރު ބައިކޮޅަ ތިންބައިގެ އަޣްލަބިއްޔަތުން ކަމަށެވެ. އެއަޣްލަބިއްޔަތު ޕީއެންސީއަށް 20 ވަނަ މަޖިލިހުގައި ލިބެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement