އެމްޑީޕީ ސަރުކާރުން ދަރަނި ފަސްކުރުމުގެ ނަތީޖާއެއް ފެންނާކަށް ނެތް- ޔާމީން
ދަރަނީގެ ޒިންމާ ނަގަން ޖެހެނީ މިދިޔަ ސަރުކާރުން
އެމްޑީޕީ ސަރުކާރުން ދަރަނި ފަސްކުރުމުގެ ނަތީޖާއެއް ފެންނާކަށް ނެތް ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީއެންއެފްއިން ރޭ ބޭއްވި ޖަލްސާގައި އިގްތިސާދީ ހާލަތާއި, ދަރަންޏާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވިދާޅުވީ މިހާރު އޮތް ދަރަންޏަކީ އެމްޑީޕީން އުފެއްދި ދަރަނި ނޫން ކަމަށް އެޕާޓީން ބުނާ ކަމަށެެވެ. އެމްޑީޕީގެ ވެރިކަމުގައު އުފެއްދި ދަރަނި ދައްކަން ޖެހެނީ 2025 ވަނަ އަހަރު ކަމަށް އެމްޑީޕީން ބުނާކަން ފާހަގަކުރައްވާ ޔާމީން ވިދާޅުވީ ދަރަނި ދެއްކުން ފަސްކޮށް, އެކަމުން ސަލާމަތް ވިޔަސް ދަރަނި ފަސްކުރުމުން ނިކުއިން ރަނގަޅު ނަތީޖާއެއް ފެންނަން ނެތް ކަމަށެވެ. ޔާމީން ވިދާޅުވީ ޒިންމާދާރުކަމާއެކު ދަރަނި ލަސްކުރާނަމަ ނެޓް އިގްތިސާދު އިތުރުވާން ޖެހޭނެ ކަމަށެވެ. އެކަމަކު ދަރަނި ދެއްކުމުން ސަލާމަތް ވެގެން ރައީސް ޞާލިހުގެ ސަރުކާރުން ކުރިކަމެއްގެ ނަތީޖާ ފެންނަން ނެތްކަމަށް ވިދާޅުވިއެވެ.
"މާލިއްޔާގެ ހިސާބުތަކުން, އެމްއެމްއޭގެ ރިޒާވަކުން ފެންނާކަށް ނެތް. އެމްއެމްއޭގެ ރިޒާވް އެހުރީ ގާތްގަނޑަކަށް ނެތް އެއްޗަކަށް ވެފައި" - ޔާމީން
ޔާމީން ވިދާޅުވީ ލޯނުތައް ދެއްކުން ފަސްކޮށްގެން, ރިޒާވަށްވެސް ފައިސާ ލެވިފައި ނެތް ކަމަށެވެ. ޔާމީން ވަނީ ބޮޑަތި ލޯނުތައް ނަގައިގެން އެކުރި މަސައްކަތުން އިގްތިސާދު ރަނގަޅުކުރަން, ރައްކާކުރަން ފައިސާ ލިބޭކަހަލަ ކޮން މަޝްރޫއެއް ތޯ ހިންގުނީ ސުވާލު އުފައްދާފައެވެ. ހިސާބުތަކުން އެފަދަ ކަމެއް ފެންނަން ނެތްކަމަށް ވިދާޅުވިއެވެ. މިސަރުކާރުން އިސްރާފުތަކެއް ކުރިޔަސް ދަރަނީގެ ޒިންމާ ނަގަން ޖެހެނީ މިދިޔަ ސަރުކާރުން ކަމަށް ޔާމީނު ވިދާޅުވިއެވެ. މިދިޔަ ސަރުކާރުން ދަރަނި ނަގާ, ދަރަނި އަދާކުރަން މަސައްކަތް ނުކުރާ ކަމަށް ވިދާޅުވިއެވެ.
ރިއެކްޝަންސް