މިފްކޯގެ އުފެއްދުންތައް ލިބޭނެހެން އައްޑޫ ސިޓީ ހިތަދޫގައި އައުޓްލެޓެއް ހުޅުވައިފި

މިފްކޯގެ އުފެއްދުންތައް ލިބޭނެހެން އައްޑޫ ސިޓީ ހިތަދޫގައި އައުޓްލެޓެއް ހުޅުވައިފި

32 minutes ago - 09:20
Advertisement
Advertisement

މިފްކޯގެ އުފެއްދުންތައް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، އެ ކުންފުނީގެ އައު ފިހާރައެއް އައްޑޫ ސިޓީ ހިތަދޫގައި ހުޅުވައިފިއެވެ.


ހިތަދޫ ލިންކް ރޯޑްގައި ހުންނަ އައިސް ޕްލާންޓް ކައިރީގައި ޤާއިމުކޮށްފައިވާ މި އައުޓްލެޓް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. މި ރަސްމިއްޔާތުގައި މިފްކޯގެ އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، އައްޑޫ ސިޓީގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެވަޑައިގެންނެވިއެވެ.


މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިފްކޯގެ މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު އަނަސް ވިދާޅުވީ، މިއީ މާލެ ފިޔަވައި ރާއްޖޭގެ އެހެން ސަރަޙައްދެއްގައި ހުޅުވި އެ ކުންފުނީގެ ފުރަތަމަ ފިހާރަ ކަމަށެވެ. އަދި ހުޅުދޫގައި ހުންނަ މިފްކޯގެ ފެކްޓްރީ މެދުވެރިކޮށް އުފެއްދުންތެރިކަން އިތުރަށް ފުޅާކޮށް، އައްޑޫ ސިޓީގެ ރައްޔިތުންނަށް މިފްކޯގެ އުފެއްދުންތައް ހެޔޮ އަގުގައި، މެދުނުކެނޑި ލިބޭނެ މަގު މިއާއެކު ފަހިވެގެންދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.


މިފްކޯއިން މަޢުލޫމާތު ދޭ ގޮތުގައި، މި ފިހާރައިން ހޯމަ ދުވަހުގެ ރޭ ފެށިގެން އާންމުންނަށް ޚިދުމަތް ލިބެމުންދާނެއެވެ. މިފްކޯގެ އުފެއްދުންތައް ރާއްޖެއާއި ރާއްޖޭން ބޭރުގައި ފަސޭހައިން ލިބޭނެ އިންތިޒާމުތައް އެ ކުންފުނިން ދަނީ ހަލުވިކަމާއެކު ހަމަޖައްސަމުންނެވެ. އެގޮތުން، ރާއްޖޭގެ އެކި ރަށްތަކުގައި ފިހާރަތައް ހުޅުވުމުގެ އިތުރުން، ދިވެހިން ގިނައިން އުޅޭ ޤައުމުތަކަށްވެސް މިފްކޯގެ އުފެއްދުންތައް ތަޢާރަފުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި ސިޔާސަތުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދާދިފަހުން ސްރީލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ޤައުމުގައިވެސް މިފްކޯގެ އައުޓްލެޓެއް ވަނީ ހުޅުވާފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement