މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް ހުދު ސަމާލު ނެރެފި

މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް ހުދު ސަމާލު ނެރެފި

1 hour ago - 09:52
Advertisement
Advertisement

ރާއްޖޭގެ މޫސުން ގޯސްވުމާ ގުޅިގެން، މިއަދުވެސް ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް މޫސުމީ އިންޒާރު ނެރެ، ދަތުރުފަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން އިލްތިމާސްކޮށްފިއެވެ.


މެޓް އޮފީހުން މިއަދު ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށެވެ. މި ސަމާލު މިއަދު މެންދުރުފަހު 2:00 އާ ހަމައަށް ދެމިއޮންނާނެ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.


މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، ސަމާލު ނެރެފައިވާ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.


ރޭ ދަންވަރުން ފެށިގެން ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް މޫސުން ވަރަށް ބޮޑަށް ގޯސްވެ، ވިއްސާރަކުރަމުންދާއިރު، ކަނޑުތައް ވެސް ވަރަށް ބޮޑަށް ގަދަވާނެ ކަމަށް އެ އިދާރާއިން ބުނެއެވެ. ވައި ބާރުވެ ކަނޑުތައް ގަދަވުމުގެ ސަބަބުން، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހޭލެތްތެރިވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement